މުޒާހަރާއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި

މުޒާހަރާއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
13 މާރޗް 2021 02:22
0

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިއްޔެގެ މުޒާހަރާއިން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމައި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ހިމެނޭހެން 24 މީހަކު ހައްޔަރުކުރިއެވެ. އެ އެންމެންވެސް މިއަދު ދޫކޮށްލީ އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފްވުމުން ޖޫރިމަނާކުރުމަށްފަހުއެވެ. އެއީ 1000 ރުފިޔާޖެ ޖޫރިމަނާއެވެ. މުޒާހަރާއިން ހައްޔަރުކުރި މީހުން ރޭ ދޫނިދުއަށްވެސް ގެންގޮސްފައިވެއެވެ.

އަބްދުއްރަހީމްއާއި މުޒާހަރާއިން ހައްޔަރުކުރި ކަނބަލުން ދޫނިދުއަށް ގެންގޮސްފި

އިއްޔެ އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަކުންނޫނެވެ. އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ އާރޓްފިޝަލް ބީޗްތެރޭގައި މަޑު ކޮށްލައިގެން ހުއްޓައެވެ.
މުޒާހަރާ ކުރަން ކަނޑައަޅާފައިވާ އެތައް ގަޑިއިރެއްގެ ކުރިން ޕީޕީއެމްގެ އޮފީސް ސަރަހައްދު ބަންދުކޮށް ފުލުހުން ހުރަސް އަޅަމުންދިޔަ ނަމަވެސް މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ކޯލިޝަންގެ ބައިވެރިން އިއްޔެ މުޒާހަރާކުރިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންނާއި، އެ ކޯލިޝަންގެ ކައުންސިލް މެމްބަރުންނާއި، ސަޕޯޓަރުންވެސް ހައްޔަރުކުރިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.