އެޗްޕީއޭއިން ދައްކާ ވާހަކތައް ދެން ޤަބޫލުކުރާނެ މީހަކު ނުހުންނާނެކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ފާޑުކިއުން އަމާޒުވެގެން، ކޯވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކަރަންޓީންނުވެ ރަށްރަށަށް ކެމްޕެއިނަށް ދެވޭ އުސޫލު އެޗްޕީއޭއިން އުވާލާފައެވެ. އެގޮތުން ކެމްޕެއިނަށް ރަށްރަށް ދެވޭ އުސޫލު އެޗްޕީއޭއިން އުވާލީ، އެ އުސޫލު އާންމުކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.
އެކަމަށް އިޝާރާތްކުރައްވާ ފަރެސްމާތޮޑާ ދާއިރާގެމެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، އެޗްޕީއޭއިން ދައްކާ ވާހަކަތައް ދެން ޤަބޫލުކުރާނެ ދިވެއްސަކު ނުހުންނާނެކަމަށާއި، ރައްޔިތުންނަށް ބިރު ދައްކާ ކަންކަން މަޖުބޫރު ކުރުވާ، ވާ ވަމުންދާ ސަރުކާރުގެ ދިފާޢުގައި ބަސް ބުނުން ނޫންކަމެއް އެޗްޕީއޭއިން ނުކުރާކަމަށް ޙުސައިން ވިދާޅުވިއެވެ.
HPA in dhakkaa vaahakathah Dhen gabool kuraane dhivesseh nuhunnaane. Rayyithun ah biru dhakkaa kan kan majboor kuruvaa, vaa vamun dhaa sarukaaru ge dhifauga basbunun noon kameh nukurey. pic.twitter.com/GOGd4N91IA
— Hussain Mohamed Latheef (@HucenSembe) March 13, 2021
ކަރަންޓީން ނުވެ ރަށްރަށް ދެވޭ އުސޫލު އާންމުކުރުމާއެކު އެޗްޕީއޭއާއި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުވިއެވެ. ފާޑުކީ ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންވެސް ހިމެނެއެވެ. ޚާއްޞަކޮށް އެޗްޕީއޭ ސިޔާސީވެ ސަރުކާރުގެ ވެރިން ބުނާގޮތަށް އެތަނުން ސިޔާސަތުތައް އެކުލަވަލާ ޢާންމުން އެ ސިޠާސަތުތަށް އަމަލުކުރަން މަޖުބޫރުކުރަމުން އަންނަކަަމުގެ ފާޑުކިއުންތަކުގެ އަޑު މިހާރު ވަނީ ގަދަވެފައެވެ.
ކޮމެންޓު ފޮނުވާ