އައްޑޫ މާރާމާރިއާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފި

އައްޑޫ މާރާމާރިއާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
13 މާރޗް 2021 09:59
0

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއާއި ގުޅިގެން ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓް ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދިވެހި ފަސް ފިރިހެނުންކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 21 އަހަރުގެ ދެމީހުންނާއި،  32 އަހަރުގެ މީހެކެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައި ދެ ގްރޫޕޫޕެއްގެ ދެމެދުގައި ހިނގި މާރާ މާރީއެއްގެ މައްސަލަ އެރޭ 18:30 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. މިމާމާރާ މާރީގައި 7 މީހަކަަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލެތު ސެންޓަރުގައި ފަރުވާދެމުންދާއިރު، ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައިވެސް ފަރުވާދެމުންދާކަމަށެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.