ފްލެޓްތަކަށް ވީގޮތް ނޭނގިގެން އެންމެ ބޮޑަށް އުޅެނީ މަޖިލީހުން: އާދަމް ޝަރީފް

ފްލެޓްތަކަށް ވީގޮތް ނޭނގިގެން އެންމެ ބޮޑަށް އުޅެނީ މަޖިލީހުން: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
13 މާރޗް 2021 09:30
0

ފްލެޓްތަކަށް ވީގޮތް ނޭނގިގެން އެންމެ ބޮޑަށް މިހާރު އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝިދާއި، ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމްކަމަށް، ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޔާމީން ދައުރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓުނެރެ ނިމުމުން "ކޮބާ މަގޭ ފްލެޓު" ކިޔައި އިދިކޮޅުން ވާހަކަތަކެއް ދެއްކިޔަސް ފެލްޓުތަކަށް ވީގޮތް ނޭނގޭ ދިވެހި ރައްޔިތަކު ނޫޅޭކަމަށާއި، އެ ފްލެޓުތަކަށް ވީ ގޮތް އެންމެނަށްވެސް ވަރަށް ސާފުކޮށް އެނގޭކަމަށް ހުޅުމާލެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ރިޒްނާ ޒަރީރުގެ ކެމްޕެއިން ހަރަކާތުގައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، ތަރިކަ ކޮމިޓީގައިވެސް "ކޮބައިހޭ މަގޭ ފްލެޓް" ކިޔާލެއް މަދެއް ނޫންކަމަށެވެ.

ފްލެޓްތަކަށް ވީގޮތެއް ނޭނގިގެން މިހާރު އެންމެ ބޮޑަށް އުޅެނީ ރައްޔިތުންގެ މަޖިލިސް ތެރޭގައި. މިނިސްޓަރ އަސްލަމް އާއި ރައީސް ނަޝީދު މުލާގާތު ކުރެއްވިން ނޫންތޯ؟ ތަރިކަ ކޮމިޓީގައިވެސް މަގޭ ގްލެޓް ކޮބައިހޭ ކިޔާވަރެއް މަދެއް ނޫން.

– މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

ރައީސް ނަޝިދު އިއްޔެ ވިދާޅުވެފައިވަނީ، ސަރުކާރުން ވެރިކަމާ ހަވާލުވެ ފްލެޓު ކޮމިޓީއެއް އެކުަލަވާލައި ފްލެޓު ލިބޭނެކަމަށް ބެލެވޭމީހުންގެ ލިސްޓެއްހަދާ އާންމު ކުރީ ވަރަށް ރަނގަޅަށް ބަލާފައިކަމަށެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ފްލެޓްތަކުގެ ދާއިމީ ލިސްޓް ފްލެޓް ކޮމިޓީއަށް ޢާންމު ނުކުރެވޭނެކަމަށެވެ.

ރައީސް ޔާމީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ފްލެޓްތައް މިސަރުކާރުން ބެހިގޮތާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.