ކަރަންޓީން ނުވެ ރަށްރަށް ގޮސް ކެމްޕެއިން ކުރުމުގެ ފުރުޞަތު ނުދެވޭނެ

ކަރަންޓީން ނުވެ ރަށްރަށް ގޮސް ކެމްޕެއިން ކުރުމުގެ ފުރުޞަތު ނުދެވޭނެ

Author
މުޙައްމަދު ޖިމީ
12 މާރޗް 2021 04:09
0

ކަރަންޓީން ނުވެ ރަށްރަށް ގޮސް ކެމްޕެއިންކުރުމުގެ ފުރުޞަތެއް ނުދެވޭނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަަމަ ފަނޑިޔާރު މިހެން ވިދާލުވެފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިންކުރުމަށް ކަރަންޓީން ނުވެ ރަށްރަށް ދެވޭގޮތަށް އެޗްޕީއޭއިން ޚާއްޞާ އުސޫލެއް ޢާންމުކުރުމާއި ގުޅިގެންނެވެ. ނަމަވެސް ޢާންމު ރައްޔިތުނަށް ރަށްރަށް ދެވޭނީ ކަރަންޓީން ވާގޮތަށެެވެ. އެގޮތުން ޢާންމުން10 ދުވަހުގެ ކަރަންޓީން ފުރިހަމަކޮށް ނެގެޓިވް ޕީސީއާރު ނަތީޖާ ލިބުމުން މެނުވީ ކަރަންޓީނުން ނުވީއްލޭނެއެވެ.

މިހާތަނަށް ހާލަުބޮޑުވެގެން ޢާއިލާ މީހެއްގެ ގާތަށް ދިއުމަށާއި، ގާތްތިމާގެ މީހުންގެ ޖަނާޒާއަށް ދިއުމަށްވެސް ޚާއްޞަ ހުއްދަ ދޫނުކޮށް އެފަދަ މީހުންގެ ގާތަށް ނުދެވި އެތައް ބަޔަކު މަހުރޫމް ވެފައިވަނިކޮށް އެޗްޕީއޭއިން މިވަނީ ސިޔާސީ މީހުންނަށް ކަރަންޓީން ނުވެވޭނެ އުސޫލެއް ޢާންމުކޮށްފައެވެ.

މިކަމާއި ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ކޯވިޑް ވަބާއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެވޭ އިސްތިސްނާއަކީ ހަމަހަމަ އުޞޫލުން، ދެވޭ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. ކަރަންޓީން ވުމުން އިސްތިސްނާ ވެވޭނީ ވަކި ކަމެއް ކުރުމަށް ފުރާ މީހެއް ނޫންކަމަށާއި، ވަކި ޝަރްޠުތަކެއް ފުރިހަމަވާ މީހަކުކަމަށްވެސް އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައ ކޯވިޑް-19 ފެތުރުން މިއަހަރު ފެށުނީއްސުރެ އިތުރުވުމާއި ގުޅިގެން ސުކޫލްތަކުގެ ކިޔެވުން ބަންދުކޮށް ޢާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށް، ދުއްވާ އެއްޗެހި ނުދުއްވޭނެ ގަޑިތަކާއެކު ބައެއް ގަޑިތަކުގައި އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި މާލެ ސަރަހައްދުން ރަށްރަށް ދަތުރުކުރުމަށް ޚާއްޞާ ހުއްދަނަގަންޖެހުމާއި، ކަރަންޓީންވުންފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއިރު، ކޭސްތަކުގެ ޢަދަދު ދަށްނުވާނަމަ އިތުރު ފިޔަވަޅު އަޅާންޖެހޭ ހާލަތަށް ރާއްޖޭގެ ޙާލަތު ގޮސްފައިވާކަމުގެ އިންޒާރު އެޗްޕީއޭއާއި ހެލްތު މިނިސްޓަރުވެސް ވަނީ ދެއްވާފައެވެ. އަދި ރާއްޖެ މިއޮތީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ނުރައްކާތެރި ޤައުމުތަކުގެ ދަރަޖާގައިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް ރޭ އެޗްޕީއޭއިން ވަނީ އިންތިޚާބަށް ކެމްޕެއިންކުރާ މީހުންނަށް ކަރަންޓިން ވާން ނުޖެހޭގޮތަށް ޚާއްޞާ އުސޫލެއް ޢާންމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.