އެޗްޕީއޭގެ ނިންމުމަށް 12 އަހަރުގެ ދަރިފުޅުވެސް ޖަހަނީ ޖޯކު: މުހުތާޒް

އެޗްޕީއޭގެ ނިންމުމަށް 12 އަހަރުގެ ދަރިފުޅުވެސް ޖަހަނީ ޖޯކު: މުހުތާޒް

Author
މުޙައްމަދު ޖިމީ
12 މާރޗް 2021 03:28
0

ކަރަންޓިން ނުވާގޮތަށް ކެމްޕެއިނަށް ރަށްރަށް ދެވޭގޮތަށް އެޗްޕީއޭއިން ނިންމި ނިންމުމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ފާޑުވިދާޅުވެއްޖެއެވެ.

ކަރަންޓީންވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިނުމާއިގުޅިގެން އެތައް ބައެއްގެ ފާޑުކިއުން ވަނީ އެޗްޕީއޭއާއި ސަރުކާރަށް އަމާޒުވެފައެވެ.

އެޗްޕީއޭއަށް ފާޑުވިދާޅުވެ ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވީ، މިދިޔަ އަހަރު ތިން ފޫޓު ދުރުގައި ތިބެގެން ރައްކާތެރިކަމުގެ ފިޔަވަޅާއެކު އިންތިޚާބު ބާއްވަން ލީޑަރަކު ދެންނެވުމުން އެޗްޕީއޭއަށް އެކަން ޤަބޫލު ނުކުރެވުނުކަމަށެވެ. ނަމަވެސް މިހާރު އިންތިޚާބާއި ބެހޭގޮތުން އެޗްޕީއޭއިން ނިންމި ނިންމުމަށް އެމަނިކުފާނުގެ 12 އަހަރުގެ ދަރިފުޅުވެސް ޖަހަނީ ޖޯކުކަމަށް މުހުތާޒް ވިދާޅުވިއެވެ.

މިދިޔަ އަހަރު 3 ފޫޓޫ ދުރުގައި ތިބެގެން ރައްކާތެރިކަމުގެ ފިޔަވަޅައެކު އިންތިޚާބު ބާއްވަން ލީޑަރަކު ދެންނެވުމުން އެޗްޕީއޭއަށް އެކަން ޤަބޫލުނުކުރެވުނު. މިހާރު އިންތިޚާބާއި ބެހޭގޮތުން ތިޔަ ނިންމެވި ނިންމެވުމަށް އަޅުގަނޑުގެ12 އަހަރުގެ ދަރިފުޅުވެސް ޖަހަނީ ޖޯކު.

– ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭގެ ގައިޑްލައިނާއިއެކު އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވަނީ، މާލެ ސަރަހައްދުގައި އަތޮޅު ތެރޭގެ އެތައް ރަށްޔިތުންތަކެއް ދިރިއުޅެމުންދާއިރު ޒަރޫރީ ބޭނުންތަކާއި، އެނޫންވެސް އާއިލީ ކަންކަމުގައިވެސް އަމިއްލަ ރަށަށް ކަރަންޓީނާއި ނުލައި ދެވޭނެ އެއްވެސް އުސޫލެއްނެތި ކުއްލިއަކަށް ސިޔާސީ ކަންތައްތަކެއް ހާސިލްކޮށް ދިނުމަށް ގައިޑްލައިނަށް ބަދަލު ގެނައުމުންނެވެ. ކޯވިޑް ފެތުރޭނެ އެންމެ ފަސޭހަ ގޮތަކީ ގިނަ މީހުން އެއްވެ އުޅުމާއި، ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުންކަމަށް އެޗްޕީއޭއިން ތަކުރާރުކޮށް ބުނުމަށްފަހު ރޭ ކުއްލިއަކަށް އާންމު ކުރި ގައިޑްލައިނާއިއެކު ސިޔާސީ ޕާޓީތަކާއި، ސިޔާސީ ބައްދަލުވުންތަކަށް ބޮޑެތި ޖަލްސާތަކާއި އެއްވުންތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޯލި
ބޮޑު ދޮރެއް އެއްކޮށް ހުޅުވާލާފަ ބެހެއްޓުމާ ކުޑަކުޑަކޮށް ހުޅުވާލީމާ ތަފާތެއް ވާނެހެއްޔެވެ.