އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގް ރައީސް ޞާލިޙްގެ ނުފޫޒުން ފިނިހަކަ ސްޕީޑްގައި ބާއްވައިގެން ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާ ރައްޔިތުން ގާތަށް ވޯޓު ހޯދަން ދިއުމަކީ ލަދުވެތިކަމެއްކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ރައީސްއަށް ފާޑުވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ފާޑުވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައިގެ ތަހުޤީޤް ލަސްނޫންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގް ލަސްނޫންކަމަށް ރައީސް ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދައި އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި ނިންމިފައެއް ނުވެއެވެ. އަދި އެއްވެސް ފައިސާއެއްވެސް ހޯދިފައި ނުވާއިރު، ގެއްްލިފައިވާ ފައިސާ ހޯދުމަށް ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނަށްވެސް އެއްވެސް ނަތީޖާއެއް މިހާތަނަށް ދެއްކިފައި ނުވާކަމުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
އަޅުގަނޑު ހިތުން މީގައި ނުފެތޭ މީހުން ކުށްވެރި ނުވާނެ މީހުން ވެސް އެބަ ސަލާމަތްވާން ޖެހޭ،…. އިރާދަކުރެއްވިއްޔާ އެ ކޮމިޝަންގެ މަސައްކަތްތައް އެބަކުރޭ.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގް ލަސް ނޫންކަަމަށް ރައީސް ވިދާޅުވެފައިވާއިރު، މިހާރުވެސް ކައުންސިލްތަކުން އެމްޑީޕީއަށް%65 އާއި ރައްޔިތުންގެ މަޖިލީހުގެ%75 މެޖޯރިޓީ އެމްޑީޕީއަށް އޮވެ އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްދެވިފައިނުވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގް ރައީސް ޞާލިޙްގެ ނުފޫނުން "ފިނިހަކަ" ސްޕީޑްގައި ބާއްވައިގެން ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ކުރިމަތިލާ، ރައްޔިތުން ގާތަށް ވޯޓު ހޯދަން އުޅުމަކީ ލަދުވެތިކަމެއް. މިހާރުވެސް ކައުންސިލްތަކުގެ%65 އެމްޑީޕީ، ވެރިކަމުގައި އެމްޑީޕީ، އަދި މަޖިލިސް%75 އެމްޑީޕީ. ރައްޔިތުން ނިންމާނެ.
– ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 5 އަހަރު ދުވަހަށް ޖަލަށް ލާފައިވާއިރު، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުންގެންދާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެމެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހުންނެވީ ގޭ ބަންދުގައެވެ.
ކޮމެންޓު ފޮނުވާ