އިންޑިއާއިން ވެކްސިން ގަތުމަށް ކުއްލި ގޮތަކަށް ޚާއްޞަ ހުއްދައެއް ދީފި

އިންޑިއާއިން ވެކްސިން ގަތުމަށް ކުއްލި ގޮތަކަށް ޚާއްޞަ ހުއްދައެއް ދީފި

Author
މުޙައްމަދު ޖިމީ
11 މާރޗް 2021 09:14
0

ކޯވިޑް-19 ދިފާޢު ވެކްސިން، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި، ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ގަތުމަށް ނިންމާ އެކަމަށް ބޭނުންވާ ޚާއްޞަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ކުއްލި ގޮތަކަށް މިއަދު ދީފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވާ ޢާންމުކޮށްފައިވާ މާލިއްޔަތު ޤަވާއިދުގައި ބަޔާންކުރާ ބަޔަކަށް އަމަލުކުރަން ނުޖެހޭގޮތަށް ކަނޑައެޅުމަށް ނިންމާފައިވާ ޤަރާރުގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19އިގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ދިވެހި ސަރުކާރާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާކަމަށެވެ. މި ވެކްސިނަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށްވުމާއި އެ ވެކްސިން ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެމުން ނެތުމާާއި އަދި އެ ވެކްސިން މުޅި ދުނިޔޭގަައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމަންޓް އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ ކޯވިޑް-19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ބުނެފައިވެއެވެ.

އެގޮތުން އަމަލު ކުރަން ނުޖެހޭކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާއާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި %15 ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަންޖެހޭ މާއްދާއެވެ. އެ ގަރާރުގައި ބަޔާންކޮށްފައިވާތުން އެ މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި، ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާއެކު ސޮއި ކުރެވޭ އެއްބަސްވުމުގެ މުއްދަތަށެވެ. އެ މުއްދަތުގައި އަމަލު ކުރަން ޖެހޭނީ އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުރެވޭ ޚަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

އިންޑިއާއިން ކުއްލިގޮތަކަށް ވެކްސިން ގަތުމަށް ސަރުކާރުން ނިންމާ މާލިއްޔަތު ޤަވާއިދުގެ ބަޔަކަށް އަމަލނުކުރާގޮތަށް ޤަރާރެއް ނެރެފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ސިންގަޕޫރުގެ އެސްޓްރަޒެނެކާއިން7 ލައްކަ ކޯވިޑް ވެކްސިން ގަތުމަށް ފިނޭންސް މިނިސްޓްރީން އެއްބަސްވެ ސޮއިކޮށްފައެވެ. ނަމަވެސް މިހާތަަނށް އެ ވެކްސިން ލިބިފައި ނުވާއިރު ސަރުކާރުން ފެބުރުއަރީ މަހުގެ ފުަރަތަމ ދުވަހު ބުނެފައިވަނީ ދެމަސް ދުވަހުގެ ތެރޭގައި ވެކްސިން ރާއްޖެއަށް ލިބޭނެކަމަށެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ދެލައްކަ ކޮވިޝީލްޑް ވެކްސިނެވެ. މިނޫނަށް ޗައިނާއިން2 ލައްކަ ވެކްސިނާއި އެނޫންވެސް ބައެއް ހެޔޮ އެދޭ ފަރާތްތަކުން ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފައި ވީނަމަވެސް އެ ވެކްސިން ޖެހުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައެއް ނ ުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.