ސަންޖޭ ލީލާ ބަންސާލީ ވެސް ކޯވިޑަށް ޕޮޒިޓިވް

ސަންޖޭ ލީލާ ބަންސާލީ ވެސް ކޯވިޑަށް ޕޮޒިޓިވް

Author
ފާތިމަތު ނާވީ
10 މާރޗް 2021 10:48
0

ކުޅަދާނަ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ކޯވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން "ގަންގޫބާއި ކަތިއާވަޅީ"ގެ ޝޫޓިންގ މެދު ކަނޑާލައިފިއެވެ. އާލިއާ ބަޓް ލީޑުރޯލުން ފެންނަ މި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.

ރިޕޯޓު ލިބިފައިވާ ގޮތުން މިވަގުތު ބަންސާލީ ހުރީ ކަރަންޓީނުގައެވެ. އަދި ބަންސާލިގެ މަންމަ ކޯވިޑަށް ޓެސްޓްކުރުމުން ވަނީ ނެގެޓިވްވެފައެވެ. ނަމަވެސް ބަންސާލީގެ މަންމަވެސް މިވަގުތު ހުރީ އަމިއްލައަށް ކަރަންޓީންވެގެންނެވެ.

މީގެ އިތުރުން އެކްޓަރ އާލިއާ ބަޓްވެސް ވަނީ ސެލްފް އައިސޮލޭޝަންގައި މަޑުކޮށްފައެވެ. އާލިއާ ބުނެފައިވަނީ ކޮވިޑް 19 ޓެސްޓު ނެގެޓިވް ވީނަމަވެސް އައިސޮލޭޓްވީ އެންމެންގެ ވެސް ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން ބަންސާލީ އާއި ދިމާވެފައިވާ އެންމެން ވެސް މިހާރު ދަނި ޓެސްޓު ކުރެވެމުންނެވެ. މީގެ ތެރޭގައި ގަންގޫބައި ކަތިއާވަޑީގެ ހުރިހާ ތަރިންނާއި ކުރޫ މެމްބަރުންވެސް ހިމެނެއެވެ.

ސަންޖޭ ކޯވިޑަށް ޕޮޒިޓިވްވުމުން މެދުކަނޑާލި މި ފިލްމުގެ ޝޫޓީން އަލުން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

ސަންޖޭ ލީލާ ބަންސާލީ އަކީ ބޮލީވުޑްގައި ކާމިޔާބު އެތަކެއް ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި " ހަމްދިލްދޭޗުކޭ ސަނަމް"، " ދޭވްދާސް"، "ބާޖީރާއޯ މަސްތާނީ"، "ބްލެކް" އަދި "ޕަދްމާވަތު" ފަދަ ފިލްމުތަށް ފާހަގަކޮށްލެވެއވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.