އިގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެންރީއަށް ލިބިވަޑައިގެންނެވި އަލަތު ދަރިފުޅު ވިހެއުމުގެ ކުރިން، އެދަރިފުޅުގެ ހަމުގެ ކުލައާ ބެހޭގޮތުން ވާހަކަ ދައްކަވާފައިވަނީ، ރާނީ ނުވަތަ ރާނީގެ ފިރިކަލުން ޑިއުކުއެއްވެސް ނޫންމަކަށް ޕްރިންސް ހެންރީ ވިދާޅުވެފައިވާ ކަމަ، ހެންރީގެ ދެމަފިރި ކަނބަލުންނާ އިންޓަރވިއު ކުރެއްވި އޮޕްރާ ވިންފްރޭ ވިދާޅުވެއްޖެއެވެ.
ސީބީއެސް ނިއުސްއަށް ވިންފްރޭ ހޯމަ ދުވަހު ސާފު ކޮށްދިން ގޮތުގައި، ދަރިފުޅުގެ ހަމުގެ ކުލައާއި ބެހޭގޮތުން ވާހަކަދައްފައިވަނީ ކޮންބައެއްކަން ޕްރޮންސް ހެންރީ އިންޓަވިއުގައި ވިދާޅުވެފައެއް ނުވެއެވެ.
ޕްރިންސް ހެންރީއާއި އަނބިކަބަލުން، ޑަޗެސް އޮފް ސަސެކްސް މޭގަންއަށް ލިބިލެއްވި ފުރަތަމަ ދަރިފުޅު އާޗީގެ ހަމުގެކުލަ ކަޅުވެދާނެތޯ ނުވަތަ ނޫންތޯ، އޭނާ ވިހެއުމުގެކުރިން ޝާހީ ގަޑުވަރުގެ ބައެއް ބޭފުޅުން ވާހަކަ ދައްކާފައިވާކަން ހާމަވެގެން ދިޔައީ، އިނގިރޭސިވިލާތުގައި ހޯމަދުވަހުގެ ރޭ ދުރަށް ދައްކާފައިވާ، ޕްރިންސް ހެންރީއާއި އަނބިކަބަލުން، ޑަޗެސް އޮފް ސަސެކްސް މޭގަންގެ އިންޓަވިއުގައެވެ.
މި އިންޓަވިއުގައި، ޝާހީ ގަޑުވަރުގެ ބައެއް ބޭފުޅުން އޭރު ދައްކަވާފައިވާ މިވާހަކަތައް ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއްގެ ގޮތުގައި ދެބޭފުޅުންވެސް ވަނީ ސިފަކޮށްފައެވެ.
"އޭނާ އަހަރެންގެ ގާތު، މިވާހަކަތައް ދެއްކީ ކޮންބައެއްކަން ބުނެފައެއް ނުވޭ، އެހެންނަމަވެސް އޭނާ އަހަރެންނަށް ޔަގީން ކޮށްދޭން ބޭނުންވި، މިވާހަކަތައް ދެއްކީ އޭނާގެ މާމަ ނުވަތަ ކާފަ ނޫންކަމަށް،" ވިންފްރޭ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރު ތަފްސީލަކީ ކޮބައިތޯ ސުވާލު ކުރެވެމުން ވިންފްރޭ ވިދާޅުވެފައިވަނީ، އޭނާވެސް، ކެމެރާއާއި ނުލާ މީގެތަފްސީލް ހޯދުމަށް ޕްރިންސް ހެންރީއާއި ސުވާލު ކުރިމަކަމަށާއި އެހެންނަމަވެސ،ް އިތުރު ތަފްސީލެއް ހެންރީ ދެއްވާފައި ނުވާކަމަށެވެ.
ސީބީއެސްގެ ހެދުނުގެ ސޯވްގައި ވާހަކަ ދައްކަވަމުން ވިންފްރޭ ވިދާޅުވެފައިވަނީ، ޕްރިންސް ހެންރީގެ އަލަތު ދަރިފުޅުގެ ހަމުގެ ކުލައާއި ބެހޭގޮތުން ޝާހީ ގަޑުވަރުގެ ބައެއް ބޭފުޅުން ވާހަކަދެއްވިކަމަށް އިންޓަވިއުގައި ހެންރީ ވިދާޅުވުމުން އޭނާއަށްވެސް ކުއްލި ހައިއާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. "ޝޯވްގެ ތެރޭގައިވެސް އަހަރެނަށް ދަތިވި މިވާހަކަތައް އަޑުއަހަން،" ވިންފްރޭ ވިދާޅުވިއެވެ.
ވިންފްރޭއާއި އެކީ މިއިންޓަވިއުއަށް ވަޑައިގަންނަވަން ޕްރިންސް ހެންރީގެ ދެކަބލުން އެއްބަސް ވެވަޑައިގެންނެވި ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން ވިންފްރޭ ވިދާޅުވީ، އޭނާ އަށް ގަބޫލު ކުރެއްވޭ ގޮތުގައި، "އެތައް ދުވަހެއް ވަންދެން މިކަންކަމާ ގުޅޭގޮތުން ތެދު ނޫން ވާހަކަ ތައްދެއްކެވި، ހަގީގަތް ހާމަކޮށްދޭން އެމީހުން ތިބީ ތައްޔާރަށް،" ކަމަށެވެ.
"އަހަރެންގެ ޓީމަށް އަހަރެން ބުނިން، މި އިންޓަވިއު ނިމޭއިރު، އަހަރެމެން ޖަވާބު ހޯދަންޖެހޭ އެންމެ މުހިންމު ސުވާކަށް ވާންވާނީ، އެމީހުން ޝާހީ އާއިލާ ދޫކޮށްލީ ކީއްވެގެންތޯ؟، މިސުވާލު ކަމަށް،" ވިންފްރޭ ވިދާޅުވިއެވެ.
"އަހަރެންނަށް ހީވަނީ، ރާނީއަށް ފާޑުކިއުން އަމާޒުވާގޮތަށް ދެއްކުނު ވާހަގަކަތަކީ އެމީހުންނަށް ވެސް ގެއްލުން ހުރި ވާހަަތަކެއްކަމަށް، އަދި ޚުދު އެމީހުންނަށްވެސް ފުން އަސަރުތަކެއް ކުރިވި ވާހަކަތަކެއް އެމީހުންވެސް ގަބޫލުރާކަމަށް."
ސީބީއެސްއިން ވަނީ، ޕްރިންސް ހެންރީގެ ދެމަފިރި ކަނބަލުން، މި ޕްރޮގްރާމް ހުށަހަޅާދިން ވިންފްރޭއާއި އެކީ 3 ގަޑިއިރު ވަންދެން ކުރިޔަށް ގެންދިޔަ މި އިންޓަވިއުގެ ބައެއް އާ ކްލިޕްތައްވެސް ދުރަށް ދައްކާފައެވެ.
މިއިން އެއް ކްލިޕްގައި، އެމީހުން އިގިރޭސިވިލާތް ދޫކޮށްލީ، ކުރިމަތިވަމުންދިޔަ ނަސްލީ ތަފާތުތަކުގެ ސަބަބުންތޯ ވިންފްރޭ ސުވާލުކުރުމުން، ޕްރިންސް ހެންރީ ވިދާޅުވެފައިވަނީ، "އެއީ އޭގެ މައިގަޑު އެއް ސަބަބު" ކަމުގައެވެ.
"ތި ބޭފުޅާގެވެސް އޮންނާނެ ޕްރެސް ޓީމެއް، ޚާއްސަކޮށް ތިބޭފުޅާއާ ދޮކޮޅަށް ކަމެއް ހިގީމަ ތިބޭފުޅާ ހިމާޔަތް ކޮށްދޭނެ، އެހެންނަމަވެސް އަހަރެމެންނާ ދޭތެރޭ ކަން ހިގައިދިޔައީ އެހެނެއް ނޫން،" ޑަޗެސް އޮފް ސަސެކްސް މޭގަމް މި އިންޓަރވިއުގައި ވިދާޅުވެފައި ވެއެވެ.
މި އިންޓަވިވްގައި، ޕްރިނސް ހެންރީ ޝާހީ އާއިލާއައި ދުރަށްދާން ޖެހިވަޑައިގެންނެވި ސަބަބުތަކާ ހެދި، ޝާހީ ޢާއިލާގެ އެއްވެސް ބޭފުޅަކު އެނާގެ އަރިހުން މާފަށް އެދިވަޑައިގެންނެވިތޯވެސް ވިންފްރޭ ވަނީ ހެންރީއާ ސުވާލު ކުރައްވާފައެވެ.
"ހިތާމައާއި އެކު ބުނަންޖެހެނީ ނޫނެކޭ،" ޕްރިންސް ހެންރީ ޖަވާބު ދެއްވިއެވެ.
"އަހަރެންނަށް އިހުސާސްވަނީ، މިއީ އަހަރެމެންގެ އަމިއްލަ ނިންމުމެއްކަމަށް، އެހެންކަމުން އޭގެ ނަތީޖާއެއްގެ ގޮތުން ކުރިމަތި ލާންޖެހޭ ކަންކަމާވެސް ކުރިތި ލާންޖެހެނީ ހަމަ އަހަރުމެންނަށް."