ޗެރެޓީ ޝީލްޑްގައި ވާދަކުރާނީ މާޒިޔާ އާއި އީގަލްސް

ޗެރެޓީ ޝީލްޑްގައި ވާދަކުރާނީ މާޒިޔާ އާއި އީގަލްސް

ގުޅުންހުރި

ސީޒަން ފަށަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ލީގުގެ ރަނަރަޕް ކްލަބް އީގަލްސް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން އަންނަ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު ޝީލްޑް މެޗުން ސީޒަން ފަށަން މަސައްކަތްކުރަމުން އަންނައިރު، ޝީލްޑް މެޗުގައި ވާދަކުރާ އެއް ޓީމު ކަމަށްވާ މާޒިޔާ އިން ވަނީ ޕްރެކްޓިސް ފަށައިފައެވެ. އީގަލްސް ޕްރެކްޓިސް ފަށަން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ އެއް ވަަނަ ދުވަހުއެވެ.

މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަނާއި މިދިޔަ ސީޒަނުގައި ލީގުގައި ވާދަކުރި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ފޯކައިދޫ އަށް ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދި ތ. ތިމަރަފުށީ ޓީމުން އެ މެޗު ކުޅެން ލިބުނު ފުރުސަތު ދޫކޮށްލުމުންނެވެ.

އާންމު ގޮތެއްގައި ޝީލްޑް މެޗުން ފުރުސަތު ލިބެނީ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނަށެވެ. އެކަމަކު މި ފަހަރު އީގަލްސް އަށް ފުރުސަތު ލިބުނީ ކޯވިޑް-19އާ ހެދި މި ދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްކުރަން ޖެހި އަވަހަށް ސީޒަން ނިންމާލަން ޖެހުމުންނެވެ. މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ކަޕް ވިނާސް ކަޕްގެ ބަދަލުގައި ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *