ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލްގެ ރަހުމަތްތެރިކަމާއި ބެހޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް ސިދާތު ވަރުގަދަ ރައްދެއްދީފި އެވެ.
ސިދާތަކީ ބިގްބޮސް 13 ކާމިޔާބުކުރި ބައިވެރިއާއެވެ. އަދި އެސީޒަންގެ ސެކަންޑް ރަަނަރއަޕް އަކީ ޝެހެނާޒެވެ.
ސިދާތުގެ އިތުރުން ޝެހެނާޒްގެ ވަރަށް ގިނަ ފޭން ކުލަބްތައް ސޯޝަލް މީޑިއާގައި ވަނީ ހަދާފައެވެ. އަދި މި ފޭންކްލަބުތަކުން އާންމުގޮތެއްގައި މި ދެމީހުންނާ ބެހޭގޮތުން ވަރަށް ގިނަ ޒުވާބުތައް ކުރެއެވެ.
މިކަންވަނީ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ. އެހެންނަމަވެސް ސިދާތް ބުނެފައިވަނީ މި ޒުވާބުތަކުން އޭނާ އާއި ޝެހެނާޒްގެ ރަހުމަތްތެރިކަމަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ.
Who said I am not happy … ?
Jawab dene ka tarika bahut matter karta hai ?— Sidharth Shukla (@sidharth_shukla) February 24, 2021
އެ ދެމީހުނާ ގުޅޭގޮތުން ހަދައިގެން ސޯޝަލް މީޑިއާގައި ދައުރުކުރާ ޓޮރޯލްއަކަށް ޖަވާބު ދެމުން ސިދާތު ބުނެފައިވަނީ މި ޒުވާބުތަކުން އޭނާ އަދި ޝެހެނާޒްގެ ރަހުމަތްތެރިކަމަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި އޭނާ މީހަކާ ރަހުމަތްތެރިކަން ބާއްވަނީ އެކަމުން ނުކުންނާނެ ނަތީޖާތަކަކަށް ބެލުމެއް ނެތި ކަމަށްވެސް އޭނާ ވަނީ މި ފުރުސަތުގައި ބުނެފައެވެ.
ބިގް ބޮސް 13 ނިމުމަށް ފަހުގައިވެސް ސިދާތާއި ޝެހެނާޒްގެ ރަހުމަތްތެރިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކޮޅުގައި ޝެހެނާޒްގެ 27 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް އޭނާގެ އާއިލާއާ ރަހުމަތްތެރިންނާ އެކު ސިދާތުވަނީ ބައިވެރިވެފައެވެ. އަދި ސިދާތާއި ޝެހެނާޒްގެ އެހެން ރަހުމަތްތެރިން ޝެހެނާޒް ޕޫލަކަށް އެއްލާލައި ވީޑިއޯއެއްވަނީ ވައިރަލް ވެފައެވެ.
ކޮމެންޓު ފޮނުވާ