ޗައިނާގެ ވާވޭ ކުންފުނިން އުފައްދާ ފައްޖަހާލެވޭ ފޯނު މޭޓް އެކްސް ސީރީޒްގެ ދެވަނަ ފޯނު މޭޓް އެކްސް-2 ދައްކާލައިފި އެވެ.
ވާވޭ ކުންފުނިން ބުނީ މިފޯނަކީ އަތަށް ހެޔޮވަރު، ބޭނުންކުރަން ފަސޭހަ ފޯނަކަށް ވާނެ ކަމަށެވެ. އެގޮތުން ފޯނު އެއްކޮށް ހުޅުވާލުމުން ޑިސްޕްލޭގައި 8 އިންޗި އަދި ފައްޖަހާލުމުން 6.45 ޑިސްޕްލޭގައި އިންޗީ ހުރެއެވެ.
މީގެ އިތުރުން މިފޯނުގައި ބޭނުންކޮށްފައިވާ ހާއްސަ ސްޓީލްގެ ސަބަބުން ފޯނު ލުއިކޮށްދީ އެތަށްގުނައެއް ވަރުގަދަ ކޮށްދޭނެ ކަމަށް ވާވޭ އިން ބުނެއެވެ.
#HUAWEIMateX2 has arrived.
It's time to #ImagineWhatUnfolds.
Take a look: https://t.co/vx0S6r5TZJ pic.twitter.com/D7mEAkkbIy
— Huawei Mobile (@HuaweiMobile) February 22, 2021
ވާވޭ މޭޓް އެކްސް-2 ގެ ފެށޭ އަގަކީ 2800 ޑޮލަރު ނުވަތަ 43120 ރުފިޔާ އެވެ. މި ފޯނުގެ ހަތަރު ކުލައެއް ވަނީ ދައްކާލާފަ އެވެ. އެއީ ކަޅު، ހުދު، މަޑު ނޫ އަދި ރޯޒް ގޯލްޑެވެ. 8 ޖީބީގެ ރެމް އަކާއެކު ތައްޔާރުކޮށްފައިވާ މި ފޯނު ދެ ސައިޒެއްގެ އިންޓާނަލް ސްޓޯރޭޖްގައި ބާޒާރަށް ނެރޭނެ އެވެ. އެއީ 256 ޖީބީ އާއި 512 ޖީބީ އެވެ.
ވާވޭ މޭޓް އެކްސް 2 މާދަމާއިން ފެށިގެން ޗައިނާގައި ވިއްކަން ފަށާ ނަމަވެސް، ދުނިޔޭގެ ބާޒާރަށް މި ފޯނު ނެރޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
ކޮމެންޓު ފޮނުވާ