އާމިރު ޚާނާއި އަނުޝްކާ ޝަރްމާގެ ކާމިޔާބު ފިލްމު "ޕީކޭ"ގެ ސީކުއަލްއެއް ގެންއުމަށްވަނީ ނިންމާފައެވެ. ރާޖްކުމާރް ހިރާނީގެ މިފިލްމު ބެލުންތެރިންނާއި ހަމައަށް އައިސްފައިވަނީ 2014 ވަނަ އަހަރުގައެވެ.
މި ފިލްމުގެ ލީޑް ރޯލުން އަނުޝްކާ އާއި އާމިރް ފެނިގެން ދިޔައިރު، މުހިންމު އިތުރު ރޯލުތަކުން ސުޝާންތު ސިންގް ރާޖްޕުތު، ބޯމަން އިރާނީ، ސައުރަބް ޝުކްލާ އަދި ސަންޖޭދަތު ވަނީ ފެނިގެންގޮސްފަ އެވެ. ފިލްމު އެޅުވިތާ މާ ގިނަ ދުވަސްތަކެއްނުވެ މި ފިލްމުވަނީ ގިނަބައެއްގެ ސަމާލުކަން ހޯދާފައެވެ. އަދި ބެލުންތެރިންގެ ތަރުހީބާއި އެކުގައި ބޮކްސް އޮފީސްގައި ހިޓް ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދިއެވެ.
ފިލްމުގައި ގެނެސްދީފައިވާ ތަފާތު ވާހަކައިގެ ސަބަބުން އިންޑިއާގެ އިތުރުން އިންޑިއާއިން ބޭރުގައި ވެސް އެކިއެކި ދީންތަކުގެ ދީނީމީހުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އަދި ގިނަ ބަހުސްތަކެއް މ ިފިލްމާމެދު ކުރެވިގެންދިޔައެވެ. ބައެއް މީހުން ގަބޫލުކުރި ގޮތުގައި މި ފިލްމުގައި ވަނީ ހުރިހާ ދީނެއްގެ ގަބޫލުކުރުން ތަކަށް ޖޯކު ޖަހާފައެވެ.
މި ފިލްމުގެ ނިންމުމަށް ގިނަ ބެލުންތެރިންގެ ސަމާލުކަން އަދި ސުވާލުތައްވަނީ އަމާޒުވެފައެވެ. މި ފިލްމު ނިންމާލަމުން ވަނީ ރަންބީރު ކަޕޫރުދައްކާފަ އެވެ. މި ފިލްމުގެ ދެވަނަބައެއް އައިސްދާނެ ކަމާއިމެދުގައި ވާހަކަ ދެކެވެމުން ދާއިރު މި ފިލްމުގެ ޕޮރޮޑިއުސަރުވަނީ މިކަން ޔަޤީން ކޮށްދީފައެވެ.
އެގޮތުން ފިލްމު ނިންމާލަމުން ރަންބީރު ދައްކާލާފައިވާ ސަބަބު ފިލްމުގެ ދެވަނަބައިން އެނގިގެންދާނެކަމަށެވެ. އަދި ޕީކޭގެ ދެވަނަ ފިލްމުގެ މަސައްކަތް، ލިޔުންތެރިޔާ އަނީޖަތް ޖޯޝީ ސްކްރިޕްޓް ނިންމިހާ އަވަހަކަށް ފެށިގެން ދާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.
އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ހިރާނީ ބުނެފައިވަނީ ފިލްމު ނިންމާލަމުން އެހެން ދުނިޔެއަކަށް އާމިރު ދިޔުމުން ބެލުންތެރިން ހިތްހަމަ ނުޖެހިފައިތިބި ކަމަށެވެ. އަދި މިކަމުގެ ސަބަބުންއަލުން އެނބުރި ޕީކޭ ދުނިޔެއަށް އަންނަތަން ދެއްކުމަށް ނިންމީއެވެ.