ޓީވީ ތަރި ދްރަޝްތީގެ ރާއްޖޭގެ ޗުއްޓީ ފޮޓޯއިން!

ޓީވީ ތަރި ދްރަޝްތީގެ ރާއްޖޭގެ ޗުއްޓީ ފޮޓޯއިން!

Author
ފާތިމަތު ނާވީ
24 ފެބްރުއަރީ 2021 08:25
0

ދްރަޝްތީ ދާމީ ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުމަށްފަހު ވަރަށް ހިތްގައިމު ރީތި ފޮޓޯތަކެއް ފޭނުންނާއި ހިއްސާކޮށްފައެވެ. މީގެ ދުވަސްތަކެއް ކުރިން ރާއްޖެ އައިސްފައިވާ ދްރަސްތީ ވަނީ އޭނާގެ އިންސްޓަގްރާމުގައި އެތަކެއް ފޮޓޯއެއް ހިއްސާކޮށްފައެވެ. އެހެންނަމަވެސްއޭރު އޭނާ ވަނީ ޗުއްޓީ ހޭދަކުރަމުންދާނީ ކޮންތާކުގައިކަަން ސިއްރުކޮށްފައިއެވެ.

ދްރަޝްތީ ހިއްސާ ކޮށްފައިވާ ފޮޓޯތަކަށް ބަލައިލާއިރު ޕޫލެއްގެ ތެރޭގައި ފުރަގަސްދީގެން ހުރި ފޮޓޯއެއް ހިމެނެއެވެ. މި ފޮޓޯގެ ކެޕްޝަންއެއްގެ ގޮތުގައި "ކީޕް އިޓް ކޫލް އިން ދަ ޕޫލް" މިހެން ޖަހާފައިވެއެވެ.

 

View this post on Instagram

 

A post shared by Drashti Dhami ? (@dhamidrashti)

ދެން ފެނިގެންދާ ފޮޓޯގައި ދަރަސްތީ އޮތީ ސިޑިއެއްގެ މަތީގައި އޮށޯވެގެންނެވެ. އަދި މި ފޮޓޯގެ ކެޕްޝަންއެއްގެ ގޮތުގައި "ޓްރޮޕިކް ލައިކް އިޓްސް ހޮޓް" މިހެން ޖަހާފައިވެއެވެ.

 

View this post on Instagram

 

A post shared by Drashti Dhami ? (@dhamidrashti)


އަދިވެސް އިތުރު ފޮޓޯތައް ހިއްސާކޮށްފައިވާއިރު މި ފޮޓޯތަކަށް ގިނަ ބެލުންތެރިންގެ ރިއެކްޓްކޮށް ކޮމެންޓުތައް ލިބެމުންދެއެވެ. މީގެ ތެރޭގައި ތައުރީފުގެ ބަސްތައް ގިނަކަން ފާހަގަ ކޮށްލެވެއެވެ. ދްރަޝްތީ ރާއްޖެއަށް އައީ ފިރިމީހާ އާއެކު ކައިވެންޏަށް 6 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

 

View this post on Instagram

 

A post shared by Drashti Dhami ? (@dhamidrashti)

ދްރަޝްތީ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2007 ވަނަ އަހަރުގެ މަޝްހޫރު ޝޯއެއްކަމަށްވާ "ދިލް މިލް ގައްޔޭ"އިންނެވެ. އެހެންނަމަވެސް ބެލުންތެރިންގެ މެދުގައި އޭނާ މަޝްހޫރުވެގެން ދިޔައީ "މަދުބަލާ-އެކް އިޝްގް އެކް ޖުނޫން" ގައި އޭނާ ކުޅުނު ރޯލުންނެވެ. މީގެ އިތުރުން "ޕަރްދޭސް މޭ ހެއި މެރާ ދިލް"، "އެކް ތަ ރާޖާ އެކްތާ ރާނީ"، "ސިލްސިލާ ބަދަލްތޭ ރިޝްތޯކާ" ފަދަ ޝޯތަކުން ދްރަޝްތީ ވަނީ ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން ދަރަޝްތީ ވަނީ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ"ގެ 6 ވަނަ ސީޒަންގައި ބައިވެރިވެ ކާމިޔާބުވެސް ކޮށްފަ އެވެ. މީގެއިތުރުން މިޝޯގެ 7 ވަނަ ސީޒަން ރަންވީރް ޝޯރް އާއިއެކުގައި އޭނާވަނީ ހޯސްޓުކޮށްފަ އެވެ.

ވިޔަފާރިވެރިއެއްކަމަށްވާ ނީރާޖް އާއި ދްރަޝްތީ ކައިވެނިކުރީ 2015 އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.