ބިގް ބޮސް-14 ރުބީނާ ކާމިޔާބުކޮށްފި

ބިގް ބޮސް-14 ރުބީނާ ކާމިޔާބުކޮށްފި

ސަލްމާން ޚާންގެ ޝޯވ ބިގްބޮސް-14ގެ ގްރާންޑް ފިނާލޭގައި ރާހުލް ވާދިޔާ ބަލިކޮށް ރުބީނާވަނީ ރުބީނާ ދިލައިކް ޝޯވ ކާމިޔާބުކޮށްފި އެވެ.

މިއީ އިންޑިއާގެ ޓީވީ ތާރީހުގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ ދިގު ރިއަލިޓީ ޝޯވ އެވެ.

އެގޮތުން ރޭ ނިންމާލި މި ޝޯވގެ 14ވަނަ ސީޒަނަކީ ވަރަށްވެސް ފޯރިގަދަ ސީޒަންއެކެވެ. ނިމިގެން ދިޔަ ކޮންމެ ދުވަހަކީ ބެލުންތެރިން އަދި ޝޯގެ ބައިވެރިންނަށް ހާއްސަ ސަޕްރައިޒްތަކެއް ލިބިފައިވާ ދުވަހެކެވެ.

މި ކާމިޔާބީއަކީ ރުބިނާގެ ހަޔާތުގައިވެސް ފާހަގަ ކޮށްލެވޭނެ ކާމިޔާބީއެކެވެ. އެގޮތުން އޭނާވަނީ އަލީ ގޯނީ، ރާހުލް ވައިދްޔާ، ރާކީ ސާވަންތު އަދި ނިއްކީ ތަމްބޯލީ ފަދަ ހުނރުވެރި ބައިވެރިން ބަލިކޮށްފަ އެވެ. ރުބީނާ ބިގްބޮސް ހައުސްގައި ހޭދަކޮށްފައިވަނީ ވަރަށްވެސް ތަފާތު ދުވަސްތަކެކެވެ. އަދި އޭނާގެ ހަޔާތުގެ ބައިވެރިޔާ އަބީނާވް ޝުކްލާއާކީވެސް ބެލުންތެރިން ވަރަށް ގަޔާވާ މީހެކެވެ.

 

View this post on Instagram

 

A post shared by Rubina Dilaik (@rubinadilaik)

ފާހަގަ ކޮށްލެވޭ ތަންކޮޅަކީ ފައިނަލަށް ހޮވުނު ބައިވެރިންގެ ތެރެއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބިގްބޮސް ހައުސްގައި ވާދަކޮށްފައިވާ ހަމައެކަނި ބައިވެރިޔަކީ ރޫބީނާއެވެ. އެގޮތުން އޭނާވަނީ މީސްމީޑިއާގައި ކުރިމަތިވެފައިވާ އެކި އެކި ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔަބު ހޯދާފައެވެ.

ޝޯވ ކާމިޔާބު ކުރުމާއެކު ރުބީނާ އަށް ވަނީ ބިގްބޮސް14ގެ ޓްރޮފީގެ އިތުރުން 36 ލައްކަ އިންޑިއާ ރުޕީސްގެ ފައިސާގެ އިނާމެއް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *