"ޔުދްރާ"ގެ ޕޯސްޓަރު ދައްކާލައިފި

"ޔުދްރާ"ގެ ޕޯސްޓަރު ދައްކާލައިފި

ސިދާންތު ޗަތުރްވެދީ އާއި މަލްވިކާ މޯހަނާންގެ ފިލްމު "ޔުދްރާ"ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މިއީ ސިދާންތާއި މަލްވިކާ ބައިވެރިންގެ ގޮތުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.  މި ފިލްމު އިއުލާން ކޮށްފައިވަނީ ފެބްރުއަރީ 15ގަ އެވެ. މި ފިލްމުގެ ޝޫޓިން އެއްކޮށް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމަށެވެ. ރަވީ އުދައިވާރްގެ ޑައިރެކްޝަންގެ ދަށުންނެވެ.

މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ސިދާންތު ފެނިގެންދަނީ ވަރަށް ތަފާތުކޮށް "ޖޭމްސް ބޮންޑް" ލުކެއްގައި "އެމް ސީ ޝޭރް"ގެ ކެރެކްޓަރ އިންނެވެ. އަދި ދެވަނަ ޕޯސްޓަރުން ފެނިގެން ދަނީ މަލްވިކާ އަދި ސިދާންތުގެ، ހިތްހުއްޓޭ ފަދަ ރީތި މަންޒަރެއްކަމަށް ގިނަ ބެލުންތެރިންވަނީ ބުނެފައެވެ. ރަވީ އުދައިވާރް ޑައިރެކްޓްކުރާ މި "ރޮމޭންޓިކް-އެކްޝަން" ފިލްމަށް ގިނަ ބެލުންތެރިން މިހާރުވެސް ގެންދަނީ އިންތިޒާރު ކުރަމުންނެވެ.

އެކްސެލް އެންޓަޓެއިންމަންޓުން ވަނީމި ފިލްމުގެ ޕޯސްޓަރު އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. އަދި މި ފޮޓޯއާއި އެކު " ކަރްނޭ ސަބްކާ ގޭމް އޯވާ، އާ ރަހާހޭ # ޔުދަރާ. ރިލީސިން ސަމާ 2022″ މިހެން ޖަހާފައިވެއެވެ. މީގެ އިތުރުން ސިދާންތާއި މަލްވިކާވެސް ވަނީ އެދެމީހުންގެ އަމިއްލަ އިންސްޓަގްރާމުގައި މި ފޮޓޯތައް ހިއްސާކޮށްފަ އެވެ.

މީގެ ކުރިން އެކްސެލް އެންޓަޓެއިންމަންޓުން ނެރުނު ފިލްމު ގަލީ ބޯއީ އިންވެސް "އެމް ސީ ޝޭރް" ގެ ގޮތުގައި ސިދާންތު ވަނީ ބެލުންތެރިންނަށް ފެނިގެން ގޮސްފައެވެ. އަދި "އެމް ސީ ޝޭރް" ވަނީ ގިނަ ބެލުންތެރިން ގަޔާވި އެއް ޝަހުސިއްޔަތަށް ވެގެންގޮސްފައެވެ. މީގެ އިތުރުން އެކްސެލް އެންޓަޓެއިންމަންޓުން 2021ގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ފޯންބޫތު" އިންވެސް ސިދާންތު ފެނިގެންދާނެއެވެ.

މި ފިލްމުގެ ޑައިރެކްޓާ ރަވީ އުދައިވާރް އަކީ ގައުމީ އެވޯޑު ލިބިފައިވާ ޝްރީދޭވީގެ ފިލްމު "މޮމް"ގެ ވެސް ޑައިރެކްޓަރެވެ. ހަނގުރާމައިގެ ނަމެއް ކަމަށްވާ "ޔުދްރާ" ބެލުންތެރިންނާ ހަމައަށް އަންނާނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *