ޖަމީލު، ނަޝީދަށް: ޔާމީނަށް އިންސާފު ނުލިބެނީ ޖޭއެސްސީގައި ނަޝީދު އިންނަވާތީ

ޖަމީލު، ނަޝީދަށް: ޔާމީނަށް އިންސާފު ނުލިބެނީ ޖޭއެސްސީގައި ނަޝީދު އިންނަވާތީ

Author
މުޙައްމަދު ޖިމީ
14 އޮކްޓޯބަރ 2020 12:51
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންނަށް އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދުކަމަށް ވިދާޅުވެ ރައީސް ޑރ.މުޙައްމަދު މަޖީލް އަޙްމަދު ރައީސް ނަޝީދަށް ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނެވުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ ގޮތްކަމަށް ވިދާޅުވެފައެވެ. ނަޝީދު މިހެން ވިދާޅުވީ، ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވާ ހިނދަކު ރައީސް ޔާމީނާއި ދިވެހި ރައްޔިތުންނަށް އިންސާފު ނުލިބޭނެކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވުމުންނެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވާ ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި އެމަނިކުފާނުގެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަތަކެއްކަމަށެވެ. ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުގައި އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދާއި ސަރުކާރުގެ ނުފޫޒު އޮތް ޖުޑީޝަލް ސާރވިސް ކޮމިޝަން އޮތުންކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖޭއެސްސީން ވަނީ ފާޅުގައި ރައީސް ޔާމީންގެ ޝަކުވާތަކަށް ހުރަސްއަޅާފައި. ރައީސް ނަޝީދު ބޭނުންވަނީ ޑިފެކްޓީ ޗީފް ޖަސްޓިސްއަށް ވާންތޯ.

– ޑރ.ޖަމީލް ސުވާލު ކުރެއްވިއެވެ.

 

ރައީސް ނަޝީދު ޖޭއެސްސީގައި އިންވައިގެން ރައީސް ޔާމީންގެ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި އެމަނިކުފާނުގެ ޖަލަށްލާފައިވަނީވެސް އެނުފޫޒުން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވެ އެވެ. ރައީސް ޔާމީން އަންނަނީ މަނީލީންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.