ރާއްޖެއާއި މޮރިޝަސްގެ ޚާއްޞާ އިޤްތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ސެލްފު ބައުންޑަރީ ކަނޑައެޅުމަށް އެދި ރާއްޖެއާއި ދެކޮޅަށް މޮރީޝަސްއިން އިންޓަރނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް، (އިޓްލިސް)އަށް ހުށައެޅި މައްސަލައިގެ އިޖްރާއަތްތައް ފުރިހަމަނުވާކަމަށާއި، މޮރީޝަންސްއިން މަސައްކަތްކުރަނީ ނަހަމަގޮތެއްގައި އެހެން މަޤްޞަދެއް ޙާސިލުކުރުމަށްކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢައްތު ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އިޓްލޮސްއަށް މައްސަލައެއް ހުށައަޅާފައިވަނީ ރާއްޖެއާއި މޮރީޝަސްގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞަދީ ސަރަހައްދު ފުށުއަރާތީ އެމައްސަލައަށް ހައްލެއް ހޯދާދިނުމަށް އެދި ހުށައެޅި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ފަށާފައެވެ.
މިމައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވަނީ އިޓްލަސްއަށް ހުށައަޅާފައިވާ މިމައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ޙައްލުކުރެވިދާނެ މައްސަލައެއްކަމަށެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ދެޤައުމުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއަށް މައްސަލަ ހޫށައަޅާފައިވަނީ އެކަމުގައި ރާއްޖެއާއި ޚިލާފެއް އުފެދިގެން ނޫންކަމަށާއި، ޓްރައިބިއުނަލަށް މައްސަލ ހުށައެޅުމުގައި ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފާ މުޅިން އެހެން މަޤްޞަދެއް ޙާސިލުކުރުމަށްކަމަށެވެ. މިމައްސަލަ ހުށައަޅާފައިވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށްކަން ކަނޑައެޅުމަށްކަމަށެވެ. މޮރިޝަންސްއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއް ޙައްލުކުރުމަށް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލްއަށް ހުށައެޅީތީ ހިތާމަކު ބަންޑާރަ ނާއިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
Attorney General @ibriffath delivered the opening statement to a Special Chamber of #ITLOS at the hearing in Hamburg, Germany, on preliminary objections in the maritime boundary dispute between Mauritius and the Maldives. Here is a short clip of the statement pic.twitter.com/APJ4nwLfXC
— Hussain Hassan (@HucenHassan) October 13, 2020
ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި މޮރިޝަސްއާއި އެކަނި މަޝްވަރާކުރުމަށް ބޭނުންނުވާކަން ކުރިން ހާމަކޮށްފައިވާނެކަމަށާއި، އެއީ ފޯޅަވަހިގެ ރަށްތަކުގެ ސަރަހައްދު ކަނޑައެޅުމުގެ ބާރު އޮތީ މޮރީސަސްއަށާއި އިނގިރޭސިވިލާތަށްކަން ކުރިންކަނޑައެޅިފައި ނެތުމުންކަމަށްވެސް ބަންޑާރަ ނާއިބު ފާހަގަކުރެއްވިއެވެ. މިކަމުގައި ރާއްޖެއަކީ އިސްތިއުމާރީ ބާރެއްކަމަށް މޮރީޝަސްއިން ސިފަކުރާކަން ފާހަގަކުރައްވާ ބަންޑާރަ ނާއިބު ވަނީ އެއީ އިންސާފެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.
ބަންޑާރަ ނާއިބުގެ ވާހަކަފުޅުގައި އިންޓަރނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މައްސަލަ ހުށައަޅާފައިވަނީ ފުރިހަމަކުރަންޖެހޭ އިޖްރާޢަތްތައް ފުރިހަމަނުކޮށްކަމަށާއި، މައްސަލަ ހުށައެޅެނީ ދެޤައުމުގެ ސަރަހައްދާއި ބެހުމާއި ގުޅޭގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާކޮށް އެކަމަށް އެއްވެސް ހައްލެއް ނުލިބި ނަތީޖާ ނުފެނިއްޖެ ޙާލަތެއްގައިކަމަށް އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ މުއާހަދާއިން ފެނަން އޮތްކަމަށެވެ.
ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައިނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދާ އދ.އަށް އެ މައްސަލަ ހުށައަޅާފައެވެ.
ރާއްޖޭގެ ހުށައެޅުމުގައި ޗާގޯސްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައި ނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށޫއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ޗާގޯސްގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ.
ޗާގޯސްއަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.
ކޮމެންޓު ފޮނުވާ