ފިލްމީ ތަރި ކަރީނާ ކަޕޫރު ޚާން ދެވަނަ ދަރިއަށް ބަނޑުބޮޑު ވީއްސުރެން ފެށިގެން ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދަނީ ކަރިނާ ވިހާނެ ދުވަހަށެވެ. އެގޮތުން ގިނަ ބެލުންތެރިން ލަފާ ކުރާ ގޮތުގައި ފެބުރުވަރީ 14 ހިސާބު ކަރީނާ ވިހާނެއެވެ.
ބެލުންތެރިންގެ ހިތުގައި ގިނަ ދުވަސްތަކެއް ވަންދެން އުފެދިފައިވާ މި ސުވާލުގެ ޖަވާބު ކަރީނާ ކަޕޫރުގެ ބައްޕަ ރަންދީރް ކަޕޫރުވަނީ ދީފައެވެ. ރަންދީރް ކަޕޫރު ބުނެފައިވާ ގޮތުގައި ކަރީނާ ވިހަން ހަމަޖެހިފައިވަނީ ފެބުރުވަރީ 15 ގައެވެ. އަދި މި ދުވަހަށް ސައިފް އަލީ ޚާން ޕެޓާނިޓީ ލީވް ނަގާނެކަން އޭނާ މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ކަރީނާ އާގެއަކަށް ބަދަލު ވުމަށް ފަހު އޭނާގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ ވާހަކަތަށް ދަނީ ބެލުންތެރިންނާ ހިއްސާކުރަމުންނެވެ. އެގޮތުން އޭނާ ބުނެފައިވާ ގޮތުގައި ދަރިފުޅު ވިހެއުމަށް މިފަހަރު، ފުރަތަމަ ފަހަރަށްވުރެ ތައްޔާރުވެވިފައި ވާކަމަށާއި ކުރީ ފަހަރާ އަޅާ ބަލާއިރު މާބޮޑަށް ކޮންފިޑެންޓުކަމަށް ފިލްމީ ތަރި ވަނީ ބުނެފައެވެ.
އެންމެ ފުރަތަމަ ފަހަރު ކުޑަކޮށް ހިތް ނުތަނަވަސްވާ ކަހަލަ ގޮތްތަކެއް ވި ނަމަވެސް މިފަހަރު ހުރިހާކަމެއްވެސް ދަނީ ރަނގަޅަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކަރީނާ ކަޕޫރުވަނީ އޭނާގެ ވަރަށް ހިތްގައިމު ވީޑިއޯއެއް އިންސްޓަގްރާމުގައި އާންމު ކޮށްފައެވެ. އެގޮތުން މި ވީޑިއޯއިން ފެނިގެންދަނީ ކަރީނާ އޭނާގެ ބަނޑަށް ބަލާލައި ކެމެރާއަށް ބަލާލާތަނެވެ. އަދި މި ވީޑިއޯ އިތުރަށް ފުރިހަމަ ވަނީ ބެކްގްރައުންޑުގައި ޖަހާފައިވާ " އައި ލަވް ޔޫ ބޭބީ" މިލަވައިންނެވެ.
ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ މިހާރު ޝޫޓިންގ ނިމިފައިވާ "ލާލްސިންގް ޗައްޑާ"އެވެ. މިފިލްމުގައި ކަރީނާއާއި އެކު ފެނިގެން ދާނީ އާމިރު ޚާންއެވެ.