ސުޝްމިތާ ސެން އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ކުއޯޓެއްގެ ސަބަބުން ގިނަ ބެލުންތެރިންގެ ސުވާލު ސުޝްމިތާ އާއި ރޯމަން ޝޯލްގެ ލޯބީގެ ގުޅުމަށްވަނީ އަމާޒުވެފަ އެވެ.
މި ކުއޯޓަކީ އަންހެންނުން ފިރިހެނުން ދޫކޮށްފައި ދިޔުމާ ބެހޭގޮތުން ލިޔެފައިވާ ކުއޯޓެކެވެ. އެގޮތުން މި ކުއޯޓަށް ބަލާލާއިރު، "މައްސަލައަކީ ފިރިހެނަކު ބަދަލު ވެދާނެކަމަށް އަންހެނުން ގަބޫލުކުރުން. އޭނާ ބަދަލެއް ނުވާނެ. އަދި ފިރިހެނުންގެ އެންމެ ބޮޑު ކުށްހީ އަކީ އަންހެނަކު ދޫކޮށްފައި ނުދާނެކަމަށް ގަބޫލުކުރުން. ނަމަވެސް އޭނާ ދާނެ." މި ކުއޯޓު ހިއްސާ ކުރަމުން ސުޝްމިތާ ލިޔެފައިވަނީ "ފިރިހެނުން ބަދަލެއް ނުވާނެ. އަންހެނުން ދާނެ." މިހެންނެވެ.
މި ޕޯސްޓާއި އެކު ގިނަ ބެލުންތެރިންގެ ސުވާލަކީ ސުޝްމިތާ އާއި ރޯމަންގެ ލޯބީގެ ގުޅުން ކެނޑުނީހެއްޔެވެ؟
ސުޝްމިތާ އަދި ރޯމަން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި މި ދެމީޙުންގެ ކައިވެނީގެ ވާހަކަތައްވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. ސުޝްމީތާ އާއި އޭނާގެ ދެ ދަރިން ރެނީ އާއި އެލީސާގެ ވަރަށް ގިނަ އަދި މަޖާ ވީޑިއޯތައް ރޯމަން ބެލުންތެރިންނާއި ހިއްސާކުރެއެވެ.
ބީޓީއަށް ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ރޯމަނާ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ސުޝްމިތާ އަދި ދެ ދަރިން ނަކީ މިހާރުވެސް އާއިލާ ކަމަށެވެ.
"ބައެއް ފަހަރަށް އަހަންނަކީ އެ ދެކުދިންގެ ބައްޕަހެން ހީވާ ފަހަރުވެސް އާދޭ، އަދި ބައެއް ފަހަރު އަހަރެންމީ އެދެކުދުންގެ ރައްޓެއްސެއް، އުފާވެރިކަމުގެ ދުވަސްތަކާއި އެހެނިހެން ދުވަސްތައްވެސް ފާއިތު ވޭ އަހަރުމެން ދިރިއުޅެނީ ހަމަ އާދައިގެ އާއިލާއެއް އުޅޭގޮތަށް."
– ރޯމަން
މި އިންޓަވިއުގައި ރޯމަން އިތުރަށް ބުނެފައި ވަނީ އެމީހުން ކައިވެނި ކޮށްފިއްޔާ އެކަން ސިއްރު ނުކުރާނެ ކަމަށެވެ.
5 އަހަރުގެ މެދުކެނޑުމަކަށްފަހު ސުޝްމީތާ އެންމެ ފަހުން ފެނިގެން ދިޔައީ ޑްރާމާ ސީރީޒް އާރިޔާ އިންނެވެ.