ލީސާ ބަނޑުބޮޑު! ލިބެނީ ކޮންހަކަލަ ކުއްޖެއްކަން އެނގޭތަ؟

ލީސާ ބަނޑުބޮޑު! ލިބެނީ ކޮންހަކަލަ ކުއްޖެއްކަން އެނގޭތަ؟

ބޮލީވުޑްގެ ތަރި ލީސާ ހޭޑަން އޭނާއަށް ލިބޭ ތިންވަނަ ދަރިފުޅަކީ އަންހެން ކުއްޖެއްކަން ހާމަކޮށްފި އެވެ.

މި އަހަރު ޖޫން މަހު ވިހާނެކަން އިއުލާންކޮށްފައިވާ ލީސާގެ އެންމެ ހަގު ފިރިހެން ދަރިފުޅަށް ވެފައިވަނީ އެންމެ އަހަރެކެވެ.

ލިސާއަށް މިފަހަރު ލިބެނީ އަންހެން ކުއްޖެއްކަން ހާމަކޮށްފައިވަނީ އޭނާގެ ދޮށީ ދަރިފުޅު ޒެކްއާއި އެއްކޮށް ނަގާފައިވާ ވީޑިއޯއަކުންނެވެ. އިންސްޓަގްރާމުން ހިއްސާކޮށްފައިވާ މި ވީޑިއޯއަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި ވީޑީއޯގައި ލީސާ އޭނާގެ ދޮށީ ދަރިފުޅުކައިރީ މަންމަގެ ބަނޑުގައި އޮތީ ކޯއްޗެއްތޯ އެހުމުން، އަންހެން ކޮއްކޮއެއް ކަމަށް ޒެކް ބުނެއެވެ. ވީޑިއޯ ހިއްސާ ކުރަމުން " #3 ކަމިންގް ދިސް ޖޫން" މިހެން ޖަހާފައިވެއެވެ.

 

View this post on Instagram

 

A post shared by Lisa Lalvani (@lisahaydon)

އިނގިރޭސި ވިލާތަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ޑިނޯ ލަލްވާނީ އާއި ލީސާ ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. މިދެމިހުނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އެއީ ޒެކް އަދި ލިއޯއެވެ. ލީސާގެ ބައްޕަ އަކީވެސް ޕާކިސްތާނަށް އުފަން އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިއެކެވެ.

ލީސާ ހޭޑަން ބެލުންތެރިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ " ކުއީން" ފިލްމުގައި ކަންގަނާގެ ރައްޓެއްސެއްގެ ގޮތުގައި އޭނާ ކުޅެފައިވާ ރޯލުންނެވެ. މީގެ އިތުރުން ލީސާ ވަނީ " އޭ ދިލްހެ މުޝްކިލް" އަދި " ހައުސްފުލް 3″ އިންވެސް ފެނިގެން ގޮސްފައެވެ.

އެންމެ ފުރަތަމަ ލިސާ ބެލުންތެރިންނަށް ފެނިގެން ދިޔައީ 2010 ވަނަ އަހަރު ފިލްމު "އައިޝާ" އިންނެވެ. މިއީ ޖޭން އޯސްޓެންގެ ވާހަކަ އެމާގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަދި އެންމެ ފަހުން ލިސާ ފެނިގެންގޮސްފައިވަނީ "އޭ ދިލްހެ މުޝްކިލް"އިން ރަންބީރުގެ ލޯބިވެރިއެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *