ޓީވީ ތަރި އަނީތާ ވިހައިފި

ޓީވީ ތަރި އަނީތާ ވިހައިފި

Author
ފާތިމަތު ނާވީ
10 ފެބްރުއަރީ 2021 03:57
0

ބެލުންތެރިންގެ މެދުގައި މަގުބޫލު އެތަށް ޑްރާމާ ސީޒިތް ތަކަކުން ފެނިގެން ގޮސްފައިވާ ބަތަލާ އަނީތާ ހައްސަނަންދާނީ ވިހައިފިއެވެ.

މިކަން ހާމަކުރުމަށް ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާގެ ފިރިމީހާ ރޯހިތު ރެއްޑީ ބުނީ އެމީހުންނަށް އިއްޔެ ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ.

މީ އަނީތާ އާއި ރޯހިތުގެ ފުރަތަމަ ދަރިފުޅެވެ. މި ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މީގެ ކުރިން ދިން އިޓަވިއުއެއްގައި އަނީތާ ބުނެފައިވާ ގޮތުގައި ފިރިހެން ކުއްޖަކު ލިބިއްޖެ ނަމަ ނަމަކަށް ކިޔާނީ މިހާރު ދުނިޔެ ދޫކޮށްފައިވާ އޭނާގެ ބަފާބެ ރަވީގެ ނަމެވެ. އެހެންވެ އެ ވައުދު އޭނާ އާއި ފިރިމީހާ ފުއްދާނެ އެވެ.

 

View this post on Instagram

 

A post shared by Rohit Reddy (@rohitreddygoa)

އަނީތާ ވަނީ މަގުބޫލު އެތަކެއް ޓީވީ ޑްރާމާ ސީރީޒެއް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިއެވެ. އޭގެތެރޭގައި "ނާގިން"، "ޔޭ ހޭ މޮހަބައްތޭން"، "ޔޭ ހޭ އާޝިގީ"، "ކިޔޫ ކީ ސާސް ބީ ކަބީ ބަހޫ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ. މީގެ އިތުރުން އަނީތާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމު ތަކާއި ސައުތު އިންޑިއަން ފިލްމު ތަކުންވެސް ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

e eothy bunefa
aharunnah keeh boluga vidhunas