އެޕަލްގެ ފުރަތަމަ 5ޖީ ފޯނު، އައިފޯން-12 ތަޢާރަފް ކޮށްފި

އެޕަލްގެ ފުރަތަމަ 5ޖީ ފޯނު، އައިފޯން-12 ތަޢާރަފް ކޮށްފި

ގުޅުންހުރި

އެޕަލްގެ ފުރަތަމަ 5ޖީ ފޯނު އައިފޯން-12 ތަޢާރަފް ކޮށްފިއެވެ.

އެޕަލް ކުންފުނިން މިހާރު ކުރިއަށް ގެންދާ އެޕަލް އިވެންޓްގައި ދައްކާލި މިފޯނަކީ އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން-11 އާއި އަޅާބަލާއިރު 11 އިންސައްތަ ތުނި، 15 އިންސައްތަ ކުޑަ އަދި 16 އިންސައްތަ ލުއި ފޯނެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެޕަލް އިން ބުނީ އައިފޯން-12ގެ ސްކްރީން ފަސޭހައިން ތަޅައިގެން ނުދާނެ ކަމަށެެވެ. ފަސޭހައިން ސްކްރީން ތަޅައިގެން ދިއުމަކީ މީގެކުރިން އައިފޯނަށް ލޯބިކުރާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބަޮޑުވުމެވެ.

މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ލެންސްގެ އިތުރުން  އައިފޯން-12 ގައި ހިމެނޭ އެންމެ ހާއްސަ އެއް ސިފައަކީ ވަޔަލެސްކޮށް ޗާޖް ކުރެވުމެވެ.

އެ ކުންފުނިން މިރޭ ވަނީ އައިޕޯން-12 ގެ 4 މޮޑެލް އެއް ދައްކާލާފަ އެވެ. އެއީ އައިފޯން-12 އާއި އައިފޯން-12 މިނީ އަދި އައިފޯން-12 ޕްރޯއާއި އައިފޯން-12 ޕްރޯ މެކްސް އެވެ.

އައިފޯން-12 ވިއްކުމަށް އެޕަލް ކުންފުނިން ކަނޑައަޅައިފައިވާ އަގަކީ 799 ޑޮލަރެވެ. އަދި އައިފޯން-12 މިނީ ވިއްކުމަށް ކަނޑައަޅައިފައިވާ އަގަކީ 699 ޑޮލަރެވެ. މީގެ އިތުރުން އައިފޯން-12 ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. މިރޭ ދައްކާލި ފޯނު ތަކުގެ ތެރެއިން އެންމެ އަގުބޮޑު ފޯނު އައިފޯން-12 ޕްރޯ މެކްސް ވިއްކާނީ 1099 އެމެރިކާ ޑޮލަރަށެވެ.

މިއީ އެޕަލްގެ ފުރަތަމަ އަލްޓްރާ ފާސްޓް ވަޔަރލެސް ނެޓްވޯކް، 5ޖީ ފޯނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *