އަދުލު އިންސާފު މިހާރު ހިނގާތަން ފެންނަނީ ބޮޑު ކެކުރިއާއި ކުޑަކެކުރީގެ އުސޫލުން: އާދަމް ޝަރީފް

އަދުލު އިންސާފު މިހާރު ހިނގާތަން ފެންނަނީ ބޮޑު ކެކުރިއާއި ކުޑަކެކުރީގެ އުސޫލުން: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2020 12:17
0

ރާއްޖޭގައި އަދުލް އިންސާފުގެ ނިޒާމް މިއަދުވެސް ހިނގަމުން ދަނީ ބޮޑު ކެކުރިއާއި ކުޑަކެކުރީގެ އުސޫލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީށް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ނުހައްޤުން މުއްސަނދިވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް ހުށައަލާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބޮޑެތި ޖަރީމާތަކާއި ޚިޔާނާތްތައް ހިންގާފައިވާ ފަރާތްތަކާއި ކުދިކުދި ކަންކަމުގައި ތުހުމަތުކުރެވޭ މީހުންނާމެދު ޢަމަލުކުރެވޭ ގޮތް ތަފާތުއޮތްކަން ފެނިގެންދާކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ނުޙައްޤުން ޖަލަށްލާފައި ހުރި ރައީސް ޔާމީން ޖަލުގައި އޮންނަތާ އަހަރެއް ވެފައިވާއިރު، އެއަށްވުރެ މާބޮޑެތި މައްސަލަތަކުގައި ޝާމިލްވާ މީހުން ގޭގައި ތިބެނެޖެހުމަކީ ހަމައާއި އިންސާފް ނެތްކަން ހާމަވާކަމެއްކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލޭނެކަަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ދައުރުގައި އެމައްސަލަތަށް ބަލަންފަށައި ނަތީޖާއާއި ހަމައަށް ވާސިލުވިކަމަށާއި، މިއަދު ރައީސް ޔާމީން ޒައާމަތުގައި ހުންނެވިނަމަ އެމައްސަލަ މިސަރުކާރަށްވުރެ ރަނގަޅަށް ބަލާ ނިންމާލީސްކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އެމްއެމްޕީއާސރުީގެ މައްސަލަ ނުބެލެނީ ކީއްވެގެންކަން ބަލާއިރު އެއީ ކަނާތުން ޖަހާފަ ވާތް ކަނޑާނުލެވޭނެތީވެ އެމްއެމްޕީއާރުސީގެ މައްސަލަ ބެލެން ނެތީއޭ. އަޅުގަނޑެއް ޤަބޫލެއް ނުކުރަން ކޮންމެ ކޮމިޝަނެއް އޮތްކަމުގައިވިޔަސް އެސެޓް ރިކަވަރީ ކޮމިޝަންވެސް އެބައޮތް އެބޭފުޅުންނަކަށް ނަތީޖާ ނުނެރެވުނު. އަލުގަނޑުމެންނަށް ފެނިގެންދިޔައީ އޭސީސީއަށްވެސް އެމްޑީޕީ ބޭނުންވާ ހުރިހާ ބަދަލެއް ގެނެވިއްޖެ އެހެންނަމަވެސް އެކަމެއް ވެގެން ނުދިޔަ. އެކަން ނުދިޔައީ އެފައިދާ ލިބުނު ގިނަ މީހުންތިބީ ސަރުކާރުގަ. އޭގެ ބައެއް މީހުން މި މަޖިލީހުގައިވެސް އެބަތިބި. އެހެންވެ ކެރިކުޅަދާނަ ނުވަނީ އެމައްސަ ބަލަން."

– އާދަމް ޝަރީފް ޢުމަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން މިސަރުކާރުން ހަދާފައިވާ ހުރިހާ ޑީލްތަކަކީވެސް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފަހިވާނެގޮަތަށް ހަދާފައިވާ އެއްބަސްވުންތަކެއް ނޫންކަމަށާއި، މިސަރުކާރަށް އެމައްސަލައިގެ އެންމެ ފައިސާއެއްވެސް ހޯދިފައިނުވާކަމަށްވެސް އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

އިންސާފާއި ހަމައާއި ހަމަހަމަކަން ޤާއިމްކުރަން އޮތީ ޖުޑީޝަރީކަމަށާއި، ނަމަވެސް މަރުތަކުގެ މައްސަލަތަކަށާއި، ގެއްލުނު ފައިސާތަކަށް އިންސާފް ނުލިބި ކޯވިޑްގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެންދިޔަކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވަނީ މިސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒުފޯރުވާކަމަށްވެސް ތުހުމަތުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.