ފަނޑިޔާރު ޝަހީދުގެ ރައުޔަކީ އިންސާފު ވަންހަނާ ނުކުރެވޭނެ ރައުޔެއް: އަލްހާން

ފަނޑިޔާރު ޝަހީދުގެ ރައުޔަކީ އިންސާފު ވަންހަނާ ނުކުރެވޭނެ ރައުޔެއް: އަލްހާން

Author
މުޙައްމަދު ޖިމީ
22 ޖެނުއަރީ 2021 10:39
0

ފަނޑިޔާރު އަލްއުސްތާޛް ޙުސެއިން ޝަހީދުގެ ޢަދުލުވެރި ރައުޔަކީ އިންސާފު ވަންހަނާ ނުކުރެވޭނެކަން ޤަބޫލުކުރަންޖެހޭ ޢިބުރަތުން ފުރިގެންވާ އިންސާފުވެރި ރައުޔެއްކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މާލެސިޓީގެމޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓްގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ކްރިމިނަކް ކޯޓްގެ ނިންމުމަށް ތަޢީދުކޮށްފައިވަނީ ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. ރަޢުޔު ތަފާތުވީ ފަނޑިޔާރު އަކްއުސްތާޛް ޙުސައިން ޝަހީދުގެއެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ މައްސަލާގައި، ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން، އެކަމުގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ. ފަނޑިޔާރު ވިދާޅުވީ، ރައީސް ޔާމީން އަމިއްލަފުޅަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދަވައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުން އެމަނިކުފާނުގެ ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ.

ފަނޑިޔާރު ޝަހީދު ވިދާޅުވީ، ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށައަޅާ ހެކިބަސް ނަގާފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފުރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ފާސިޤުންކަމަށް ބެލެވޭއިރު، އެދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ފަނޑިޔާރު ޝަހީދުގެ ރަޢުޔާއި ގުޅިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ރަޢުޔަކީ އިނސާފުވެރި ރަޢުޔެއްކަމަށެވެ.

ފަނޑިޔާރު އަލްއުސްތާޛް ޙުސެއިން ޝަހީދުގެ ޢަދުލުވެރި ރައުޔަކީ އިންސާފު ވަންހަނާ ނުކުރެވޭނެކަން ޤަބޫލުކުރަންޖެހޭ ޢިބުރަތުން ފުރިގެންވާ އިންސާފުވެރި ރައުޔެއް! އައްސަރިބަހާ ސާބަސް ރައްދުކުރަން!

– އަލްހާން ފަހުމީ

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ހައިކޯޓުންވަނީ ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ބެލެވޭނެ ފަދަ ހާލަތެއް އޮތުމާއެކު މަނީ ލޯންޑަރިންގެ ކުށުގެ ފުރަތަމަ އުންޞުރު ފުރިހަމަވެފައިވާ ކަމަށް ހުށަހަޅާފައިވާ ހެކީގެ އަލީގައި ސާބިތުވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކުރީގެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެ ފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު ސޯބިރު
މީދެން ކާކު ހެޑްލައިން ހަދަން