އެމެރިކާގެ އައު ރައީސްއާއެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ރައީސް

އެމެރިކާގެ އައު ރައީސްއާއެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ރައީސް

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2021 11:19
0

އެމެރިކާގެ އައު ރައީސް ޖޯ ބައިޑަންގެ ސަރުކާރާއެކު ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ އެމެރިކާގެ އައު ރައީސްއަށާއި ނައިބު ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަންއާއި، 49 ވަނަ ނާއިބު ރައީސް ކަމަލާ ހެރިސް މަޤާމުގެ ހުވާކުރެއްވުމުން އެދެބޭފުޅުނަށްނަށް މަރުޙަބާ ވިދާޅުވެ ރައިސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖެއާއި އެމެރިކާއަކީ ގާތް ރަހުމަތްތެރި ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ބައިޑެންގެ ސަރުކާރާއެކު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ 46ވަނަ ރައީސްގެ ގޮތުގައި އެޤައުމުގެ ވެރިކަމަށް އިންތިޚާބު ވެވަޑައިގެންނެވި ޖޯ ބައިޑަން މަޤާމުގެ ހުވައި ކުރެއްވީ ވެރިރަށް ވޮޝިންޓަންގައި ހުންނަ ކެޕިޓޮލް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ނާއިބު ރައީސްކަމުގެ ހުވާކުރެއްވީ، އެމެރިކާގެ ތާރީޚުގައި އެގައުމުގެ ނާއިބުރައީސްކަން ކުރައްވާ އެންމެ ފުރަތަމަ އަންހެން ކަމާލާ ހެރިސްއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޑޮނަލްޑް ޓްރަންޕާ ވާދަކުރައްވައި ބައިޑަންވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.