ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާއި ހަވާލުކޮށްފިއެވެ.
މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފަވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މި މަޝްރުޢުގައި ހިމެނެނީ ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ގްރޯއިންސް ނުވަތަ މޫދު ތެރެއަށް ހުރަހަށް ހަދާ ތޮށި ލުމުގެ މަސައްކަތެކެވެ. އޭގެތެރޭގައި ހިމެނެނީ 50މީޓަރުގެ 5 ތޮށްޓާ، 30މީޓަރުގެ އެއް ތޮށި ޤާޢިމުކުރުމުގެ މަސައްކަތެކެވެ.
MTCC has signed with @MoNPHImv towards implementing shore protection at Ha. Hoarafushi. CEO @adamazim signed on behalf of MTCC and Director General Ms. Fathimath Shaana Farooq signed on behalf of the MNPHI. pic.twitter.com/r6MqPDKLIF
— MTCC Plc (@MTCCPlc) January 20, 2021

މި މަސައްކަތް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ހޯރަފުށީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ ސަރުކާރުން 6.34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެކެވެ.
ހޯރަފުށްޓަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއްކަމަށެވެ. އެރަށުގައި 2016ވަނަ އަހަރުވެސް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުއެއްވަނީ ކުރިއަށްގެންގޮސްފައެވެ. އެ މަޝްރޫޢުގައި އެރަށުގެ ދެ ސަރަޙައްދެއްގައި ބޮޑުހިލަޖަހައިގެން 800 މީޓަތުގެ ސަރަޙައްދު ޙިމާޔަތްކުރިއެވެ. ރަށުގެ އުތުރުފަރާތުގައި 570މީޓަރުގެ ސަރަޙައްދެއް އަދި އިރުދެކުނު ފަރާތުގައި 230މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ.
އާބާދީގައި 2000އަށްވުރެ ގިނަމީހުން ދިރިއުޅެމުން އަންނަ ހޯރަފުށީގައި މި އަހަރު 11މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ބަޖެޓްކޮށްފައިވެއެވެ.
ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝަނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ކޮމެންޓު ފޮނުވާ