ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް އެޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު އައްޔަންކުރައްވައިފިއެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް އާމިނަތު ޢަބްދުﷲ ޒުހައިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް މިއަދު އައްޔަންކުރެއްވީ މިއަދުއެވެ. ޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އާމިނަތު ޢަބްދުﷲ ޒުހައިރު އައްޔަންކޮށްފައިވަމީ 2019 ވަނަ އަހަރުގެ މަރިޗް މަހުގެ 25 ވަނަ ދުވަހުއެވެ.
އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް ލޯސް – އެލް.އެލް.އެމް. އެމްޕްލޯއިމެންޓް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރެއްވުމާއި ހަމައަށް އޭނާ ހުންނެވީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓްގެ މަގާމުގައެވެ.
ކޮމެންޓު ފޮނުވާ