ފުލުހުންގެ ސައިކަލެއް ކަފިހި ހުރަސްމަތީގައި ޕާކް ކޮށްފައިވަނީ އިމަޖެންސީ ޙާލަތެއްގައިކަމަށް ފުލުހުން ބުނެފިއެވެ.
މަގު ހުރަސް ކުރުމަށް ޚާއްޞަ ކަފިހިހުރަސް މަތީ ނުގަވައިދުން ފުލުހުންގެ ސައިކަލެއް ޕާކް ކޮށްފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާއިރު، ގިނަ ބަޔަކު އެކަމަށް ފަޑުކިޔަމުން އައިސްފައިވެއެވެ. އެހެންކަމުން އެ ކަފިހި ހުރަސް މަތީގައި ސައިކަލް ޕާކްކުރި ގޮތް ސާފްކޮށްދެމުން ފުލުހުން ބުނެފައިވަނީ އެ ސައިކަލް އެގޮތަށް ޕާކް ކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު، އެދުރު ހިޔާގެ ފްލެޓެއްގެ ތެރޭގައި މީހެއްގެ ގައިގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢޫލޫމާތު ލިބިގެން އެ ހާދިސާ ހިނގިތަނަށް ފުރަތަމަ ދިޔަ ފުލުހުން އިމަޖެންސީ ހާލަތުގައި ތިބުމުންކަމަށެވެ.
އެ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައިވަނީ މީހެއްގެ ހެދުމުގައެވެ. ނަމަވެސް މާބޮޑު އަނިޔާއެއްނުވެ އޭނާ ވަނީ ސަލާމަތްކުރެވިފައެވެ. ފުލުހުންގެ ވެހިކަލް ނުގަވައިދުން ޕާކްކުރާ މައްސަލައަކީ އަބަދުވެސް އާންމުންގެ ތެރޭގައި ދެކެވޭ ވާހަކައެކެވެ.
ކޮމެންޓު ފޮނުވާ