ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ އޮންނަ، އަދި ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބެލުމަށްފަހުކަމަށް އެޗްޕިއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައިމިވަނީ އިންޑިއާއި އުފައްދާފައިވާ ވެކްސިނެއް މާދަމާ ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ރާއްޖޭގެ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެޤައުމުން ރާއްޖެ ގެނައުމަށް ނިންމާފައިވަނީ، ސިރަމް އިންސްޓިޓިއުޓް އިން އުފެއްދި އޮކްސްފޯޑްގެ އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން މާދަމާ ރައްޖެއަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދޭއިރު، ރާއްޖެ ވެފައިވަނީ އިންޑިއާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުކަަމަށްވެސް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދެއްވާ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. މި ވެކްސިން ދިނުމަށް ދިވެހި ސަރުކާރުގެ އެޕްރޫވަލް ލިބިފައިވާކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ބޭނުންކުރާނި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ވެކްސިންކަމަށެވެ. އަދި އެ ވެކްސިން ދޭނީ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރުކުރުމަށްފަހުކަމަށާއި، އެއީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެވެސް ހުއްދަ އޮތް ވެކްސިންކަމަށެވެ. އަދި ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ބެލުމަށްފަހުގައިކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އިންޑިއާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައިވާއިރު، އެކަމަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ31 ވަނަ ދުވަހު ސަރުކާރުން ބުނެފައިވަނީ ޜާއްޖެއަށް ވެކްސިން ގެނައުމަށް ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް
ކޮމެންޓު ފޮނުވާ