ކޯވިޑް-19އަށް މިއަދު 69 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ރޭ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއރުގެ ތެރޭގައި ޕޮޒިޓިވްވި 60 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 8 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 26 މީހެކެވެ.
މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،582 އަށް އަރާފައެވެ. އައު އަހަރާއެކު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އަންނަނީ 960 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 74 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
✳️ COVID-19 : Case Updates
As of 18.01.2021, 06:00 PM
Malé area: 35
Inhabited islands: 8
Operational Resorts: 26
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 69https://t.co/PjrgTZ4m64 pic.twitter.com/QFVBLUB19i
— Health Protection Agency (@HPA_MV) January 18, 2021
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 26 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 13،566 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 3،330 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 367،424 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 49 މީހެކެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ