ކުރިއަށް އޮތްލޯކަލް ކައުންސިލް އިންތިޚާބު މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭނެ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭގޮތަށް ކޮމިޓީން ފާސްކޮށްފިއެވެ.
ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ކައުންސިލް އިންތިޚާބުގެ ވަގުތީ ޤާނޫނަށް ހުށައެޅި އިސްލާހު ދިރާސާކުރަމުން އަންނަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އިންތިޚާބާއި ގުޅޭ ޚާއްޞަ ޤާނޫނަށް އިޞްލާހު ހުށައަޅާފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޙާޒިރުކުރައްވާ މަޢުލޫމާތު އޮޅުންފިލުވާފައިވާއިރު، ކޮމިޝަންގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަމަޟާން މަހުގެ ތެރޭގައާއި، ސްކޫލް އިމްތިހާނުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވަން ޖެހުމެވެ. އެހެންވެއްޖެނަމަ އިންތިޚާބުގައި ވޯޓްލާ މީހުންގެ ޢަދަދު ދަށްވާނެކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އިންތިޚަބު ފަސްކުރަންޖެހިއްޖެނަމަ އިންތިޚާބު ނުބޭއްވިދާނެކަމުގެ ބިރު އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ޝަރީފް ވަނީ މުއްދަތު އިތުރުކޮށދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޮމިޓީގެ މެންބަރުން އެކަމަށް ދެކޮޅު ހައްދަވާ ކޮމިޓިން ނިންމެވީ ވަގުތީ ޤާނޫނުގައި ބުނާ 10 މެއިގެ ކުރިން މުއްދަތުގައި އިންތިޚާބު ނުބޭއްވިދާނެކަމުގެ ބިރު އޮވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށެވެ.
ނަމަވެސް މިކަމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވޯޓަކުންކަމަށް ވަނީ ކަނޑައަޅާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެންނަ މައިގަނޑު އިޞްލާހުތަކުގެ ތެރޭގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުމާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު ގެނައުމާއި، އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅައި، އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އެގޮތުން މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 3ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ