ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ގަވަރނިންގ ބޯޑްގެ މެމްބަރުންގެ މެދުގައި މިންތީގެ ހަމަހަމަކަން ޤާއިމްކޮށްފިއެވެ.
ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންގެ މެދުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްފަހު، ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ގަވަރނިންގ ބޯޑްގެ މެމްބަރުންގެ މެދުގައިވެސް މިންތީގެ ހަމަހަމަކަން ގާއިމްކޮށްފައިވަނީ އިއްޔެ ބޭއްވި ފޮސިމްގެ ގަވަރނިންގ ބޯޑްގެ 4 ވަނަ ބައްދަލުވުމުގައެވެ.

އެ އިންސްޓިޓިއުޓް އުފެދުނުފަހުން އަންހެން/ފިރިހެން ދެ ޖިންސް އަދަދު ހަމަހަމަކޮށް ބޯޑުގެ މެމްބަރުން ތިބި ފުރަތަމަ ބައްދަލުވުމެވެ. ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ އަމާޒަކީ ފޮސިމް އިތުރަށް ހަރުދަނާކުރުންކަމަށާއި، އެކަމަކީ ނަތީޖާ ނެރޭ ފޮރިން ސަރވިސްއެއް އުފެއްދުމަށް މުހިއްމު ކަމެއްކަމަށެވެ.
Chaired the 4th meeting of Foreign Service Institute of Maldives (#FOSIM) Board today, with the newly constituted Board. The new Board is, for the 1st time, gender-balanced.
Our main focus is to build a strong #FOSIM – key to building an effective Foreign Service that delivers. pic.twitter.com/LbUkCmtMDd
— Abdulla Shahid (@abdulla_shahid) January 17, 2021

ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްތްރިން މީގެ ކުރިންވެސް ވަނީ ބޭރުގެ ޤައުމުތަކަށް ޜާއްޖެއިން ކަނޑައަޅާ ސަފީިރުންގެ ގޮތުގައި ފިރެހެނުންނާއި އެއް ޢަދަދަކަށް އަންހެން ބޭފުލުން ކަނޑައަޅުއްވާ، ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ