ރައީސް ނަޝީދާއި، ޙުސައިން ރަޝިދުގެ މައްސަލައެއް ފުލުހަށް ހުށައަޅައިފި

ރައީސް ނަޝީދާއި، ޙުސައިން ރަޝިދުގެ މައްސަލައެއް ފުލުހަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
18 ޖެނުއަރީ 2021 05:44
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދީނީ އިލްމުވެރިޔާ ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅައިފިއެވެ.

އެދެބޭފުޅުންގެ މައްސަލައެއް ފުލުހުންނަށް ހުށައަޅަފައިވަނީ 26 ޖަމްޢިއްޔާއެއް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުންނެވެ. އެ އިއްތިހާދުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވި ސިޓިއެއްގައި ވަނީ ކުރީގެ ރައީސް ނަޝީދާއި، ޝެއިޚް ޙުސައިން ރަޝީދު އަޙްމަދު އެމްޑީއެންއާއި އުތެމަ ރިޕޯޯޓްގައި ބަޔާންކޮށްފައިވާ ކަންކަން މަގުފަހިކުރުމުގެ އަމަލު ހިންގާފައިވާކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީގައި އިސްލާމް ދީނާއި މެދު ކަނޑައަޅަފައިވާ ޤާނޫނުތަކާއިވެސް އެދެބޭފުޅުން ޚިލާފްވެފައިވާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ޣައިރު މުސްލިމުންގެ ޝިއާރު ފާޅުކުރުމާއި އެކުށަށް އަރައިގަތުމަށް އެހެން މީހުންނަށް ހިތްވަރު ލިބޭގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާކަމަށް ބުނެފައިވެއެވެ. އަދި އެކަމަށް ހުސައިން ރަޝީދު އަހުމަދު ތާޢީދުކޮށްފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި އެއީ ޤާނޫނާއި ޚިލާފްކަމެއްކަމަށާއި، އެއީ ނުބަލައި ދޫކޮށް ނުލެވޭނެ މައްސަލައެއްކަމަށް ބުނެ އެދެބޭފުޅުންނަށް ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށްވެސް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.