އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު ޖަމީލާ ޢަލީ ޚާލިދަށް ފަތްކޮޅު އަރުއްވައިފި

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު ޖަމީލާ ޢަލީ ޚާލިދަށް ފަތްކޮޅު އަރުއްވައިފި

Author
އަހުމަދު
31 އޮގަސްޓް 2026 11:12
0

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައެޅުއްވި އާ ސަފީރު، ހ. ވައިޓްޑައިމަންޑް، ޖަމީލާ ޢަލީ ޚާލިދަށް ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު އަރުއްވައިފިއެވެ. މިކަމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނީ ރައީސް އޮފީހުގައެވެ.

ޖަމީލާއަށް ސަފީރުކަން ދިނުމަށް ރައީސް ފޮނުއްވި ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ރުހުން ދިނުމަށް ނިންމުމުން، މަޖިލީހުގެ ތަޅުމުން އެ ނަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 59 މެންބަރުންގެ އިއްތިފާޤުންނެވެ.

ޖަމީލާއަކީ ދައުލަތުގެ މަތީ ފަންތީގެ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުކަން ކުރައްވާފައިވުމުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، ތަޢުލީމީ ދާއިރާއާއި ދައުލަތުގެ މީޑިއާގައި ވެސް ޚިދުމަތްކުރައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.