ގދ. ގައްދޫން ޕާސްޕޯޓު ހިދުމަތް ދޭން ފަށައިފި

ގދ. ގައްދޫން ޕާސްޕޯޓު ހިދުމަތް ދޭން ފަށައިފި

Author
އަހުމަދު
08 އޮގަސްޓް 2026 06:33
0

ގދ. ގައްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ، ދިވެހި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ގައްދޫގައި މި ހިދުމަތް މިހާރު ފެށިފައިވާ ކަމަށެވެ. މިއާއެކު ގދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓު ހިދުމަތް ލިބެން ފެށިއިރު، "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫ ވެސް ދެން ހިޔާރު ކުރެވޭނެއެވެ.

އަތޮޅު ތެރެއަށް ޕާސްޕޯޓު ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ދާދި ފަހުން ބ. ދަރަވަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ތ. ވޭމަންޑޫގައި ވެސް ވަނީ މި ހިދުމަތް ތައާރަފު ކޮށްފައެވެ. މީގެ ކުރިން ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމަށް އަތޮޅު ތެރޭގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ތަކުލީފު ބޮޑު ދަތުރުތައް ނިމުމަކަށް އައިސް، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.