މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނާއި، ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިއުޑީސީ) އަދި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ބައެއް މެމްބަރުންނާ އެމްޑީޕީގެ ރައީސް ބައްދަލުކުރައްވައި، އަންހެން ކަނބަލުންގެ ކުރިއެރުމާއި ތަރައްގީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިރޭ ބޭއްވުނު މި ބައްދަލުވުމުގައި، ސިޔާސީ، އިޖުތިމާޢީ އަދި އިގްތިސާދީ ދާއިރާގައި އަދިވެސް އަންހެން ކަނބަލުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމާއި، ގައުމުގެ ކުރިމަގު ބިނާކުރުމުގައި އަންހެން ކަނބަލުންގެ ޙިއްސާ އިތުރުކުރުމާއި، އެކަނބަލުންނަށް ޙައްޤުވާ މަގާމް ކަށަވަރު ކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ކަނބަލުން ޙިއްސާކުރެއްވި އުފެއްދުންތެރި ޚިޔާލުތަކަށް އެމްޑީޕީގެ ރައީސް ވަނީ މަރުޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.
އަންހެން ކަނބަލުންގެ ޙައްޤުތައް ކުރިއެރުވުމާއި، ސިޔާސީ އަދި އިޖުތިމާޢީ ދާއިރާތަކުގައި އެކަނބަލުންގެ ބައިވެރިވުން އިތުރުކުރުމަކީ އެމްޑީޕީން އަބަދުވެސް ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކުރެވެއެވެ.
އެމްޑީޕީގެ ރައީސް އަބުދުالله ޝާހިދު ގެންދަވަނީ އެމްޑީޕީގެ ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ