ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަމެއް އުޅޭތީ އާއި ފިޔާގެ އަގު އުފުލެމުންދާތީ، އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.
ފިޔާގެ އަގު ބޮޑުވެގެން ސޯޝަލް މީޑިއާގައި އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، އެސްޓީއޯއިން ވަނީ އެ ކުންފުނިން މެދުކެނޑުމެއްނެތި ފިޔާ ލިބެން ހުންނާނެކަމުގެ ޔަގީންކަން ދީފައެވެ. އާންމު ފިހާރަތަކުގައި އަގުތައް އުފުލުނު ކަމުގައި ވިޔަސް، އެ ކުންފުނިން ފިޔާ ކިލޯއެއް ވިއްކަމުން ދަނީ ބަދަލެއް ނުގެނެސް، ކުރިއެކޭވެސް އެއްގޮތަށް 13 ރުފިޔާގެ ހެޔޮ އަގުގައެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ދަތިކަމެއް ނެތި ފިޔާ ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކަށް ފިޔާ ފޮނުވުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށްވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. އަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފެށުމުން، ބާޒާރުގައި ފިޔާގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ