މޫސުން ގޯސްވެ ދަތިތަކެއް ދިމާވެފައިވާތީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު 21:00 އަށް އިތުރުކޮށްފި

މޫސުން ގޯސްވެ ދަތިތަކެއް ދިމާވެފައިވާތީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު 21:00 އަށް އިތުރުކޮށްފި

Author
ޙަސަން މުޙައްމަދު
12 ޖޫން 2026 08:44
0

މޫސުން ގޯސްވެ ދަތިތަކެއް ދިމާވެފައިވާތީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހުކުރު ދުވަހުގެ 21:00 އާ ހަމައަށް އިތުރުކޮށްފައިވާކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީން އާންމުކުރި މެސެޖުގައި ބުނެފައިވަނީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވެފައިވާކަމަށެވެ. މިކަމާ ގުޅިގެން ވޯޓުލުމުގެ ވަގުތު މިރޭ ނުވަ ޖަހާއިރާ ހަމައަށް އިތުރުކޮށްފައިވާކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މިހާރު މޫސުން ގޯސްވެފައިވާއިރު، ބައެއް ރަށްރަށުގައި ވިއްސާރަކޮށް ވައި ގަދަވެފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ހާލަތުތަކުގައި ވޯޓުލުމުގެ މަރުކަޒުތަކަށް ވޯޓުދޭން ދިއުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަކީ އެ ޕާޓީގެ މުހިންމު އިންތިޚާބެކެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންދަނީ އެ ޕާޓީގެ މެންބަރުންގެ ވޯޓުން ޗެއަރޕާސަން އިންތިޚާބުކުރުމަށެވެ. އެހެންކަމުން ވޯޓުލުމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ލިބިދިނުމަށްޓަކައި މޫސުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ރިއާޔަތްކޮށް ވޯޓުލުމުގެ ވަގުތު މިވަނީ އިތުރުކޮށްފައެވެ.

އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 14:30 ގައެވެ. ކުރިން ހަމަޖެހިފައި އޮތީ ރޭގަނޑު 20:00ށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އިތުރު 30 މިނެޓު ފަހުން އިތުރުކޮށްފައިވާއިރު، މިހާރު އަނެއްކާވެސް މިވަނީ 21:00ށް ވަގުތު އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.