"ހިލޭޓީވީ" ގެ ނަމުގައި ހިންގާ ވެބްސައިޓަކުން ވޯލްޑް ކަޕްގެ މެޗުތައް ހިލޭ ދެއްކުން ހުއްޓުވައި، އެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން މި ވަގުތީ އަމުރު ނެރެފައިވަނީ، އެ ވެބްސައިޓުން މީޑިއާނެޓުގެ ފީޑުތައް ބޭނުންކޮށްގެން ވޯލްޑް ކަޕް ދައްކަން އުޅޭކަމަށް ބުނެ މީޑިއާނެޓުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މީޑިއާނެޓުން ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނެތް ބަޔަކު އެކަން ކުރުމަކީ އެ ކުންފުނީގެ ހައްގުތަކަށް އަރައިގަނެ، ކުންފުންޏަށާއި އާންމުންގެ މަސްލަހަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ކޯޓުން މި މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، ދިވެހިރާއްޖޭގެ އައިޕީ އެޑްރެސްތަކުން އެ ވެބްސައިޓަށް ނުވަދެވޭނެހެން ބްލޮކް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ މައްޗަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ