ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް

ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް

Author
އަހުމަދު
31 މެއި 2026 01:17
0

ގދ. ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 95.23 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދޭގޮތުގައި، މި މަޝްރޫޢުގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބޭރުތޮށީގައި ބޮލާޑް ލައިޓް ހަރުކުރުމާއި ބީޗިންގ ރޭމްޕް ހެދުމުގެ މަސައްކަތެވެ. ދައުލަތުގެ ބަޖެޓުން 38.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގެ ދަށުން ބަނދަރުގެ 13،498 ކިއުބިކް މީޓަރުގެ ސަރަޙައްދަކާއި، އަލަށް އިތުރުކުރެވޭ ބައިގެ 9،519.20 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ބަނދަރު ހިމާޔަތްކުރުމަށްޓަކައި 232 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 320 މީޓަރުގެ އެއްގަމުތޮއްޓެއް ލުމާއި، 35 މީޓަރުގެ ރިވެޓްމަންޓް ޖެހުން މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ ގޮތުން 1600 އަކަމީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް އެޅުމުގެ އިތުރުން 2 ނެވިގޭޝަން ލައިޓާއި، 25 މޫރިންގ ބޮއި އަދި 16 މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.