އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އެ ޕާޓީން އާންމުކޮށްފިއެވެ.
އެ ޕާޓީން މައުލޫމާތު ދޭގޮތުގައި، މި ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށުގެ ތަފްސީލާއެކުގައެވެ. ނަމަވެސް، ހުކުރު ދުވަހުން ފެށިގެން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މީހުންގެ ނަންތައް މި ލިސްޓުން އުނިކުރަމުން ގެންދާނެކަމަށާއި، އެގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލު ފަހުން ހާމަކުރާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މި ފަހަރުގެ ޗެއަރޕާސަން ކަމުގެ އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. މިހާރު މި ދެ ކެންޑިޑޭޓުންވެސް ގެންދަވަނީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށް ގެންދަވަމުންނެވެ.
ކޮމެންޓު ފޮނުވާ