ހެލްތު މިނިސްޓަރުގެ ނައިބަށް ބޭފުޅަށް އައްޔަންކުރައްވައިފި

ހެލްތު މިނިސްޓަރުގެ ނައިބަށް ބޭފުޅަށް އައްޔަންކުރައްވައިފި

Author
މުޙައްމަދު ޖިމީ
14 ޖެނުއަރީ 2021 04:17
0

މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް، ހ. ފޭވަރ، ޞަފިއްޔާ މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަންކުރައްވައިފިއެވެ. ޞަފިއްޔާ މުޙައްމަދު ސަޢީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައެވެ.

ޞަފިއްޔާ މުޙައްމަދު ސަޢީދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމްއިން މާސްޓަރ އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޞަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލުކުރައްވާފައެވެ.

ޞަފިއްޔާއާއިއެކު ހެލްތު މިނިސްޓްރީގައި ފަސް ނައިބުން ތިއްބަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.