އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ބޭރުގެ 3 ގައުމެއްގައި ވޯޓުފޮށި ބަހައްޓަން ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ބޭރުގެ 3 ގައުމެއްގައި ވޯޓުފޮށި ބަހައްޓަން ހުޅުވާލައިފި

Author
އަހުމަދު
16 މެއި 2026 03:59
0

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި ވޯޓުފޮށި ބެހެއްޓުމަށް ހުޅުވާލާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައެވެ. މި ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ ކޮންމެ ތަނެއްގައިވެސް މަދުވެގެން 50 މެންބަރުން ރީ-ރަޖިސްޓްރީ ކޮށްފިނަމަ ކަމަށް އެ ޕާޓީގެ އިލެކްޝަން ކޮމިޓީން ވަނީ ނިންމާފައެވެ. ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާއިރު 50 މެންބަރުން ހަމަނުވާ ގައުމުތަކަށް ރީ-ރަޖިސްޓްރީކުރާ މެންބަރުން ވޯޓުލާން ޖެހޭނީ، މިހާރުވެސް އިއުލާންކޮށްފައިވާ ލިސްޓުގައި އެ މެންބަރަކު ވޯޓުލުމަށް ކަނޑައެޅިފައިވާ ތަނުގައެވެ.

ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އެވެ.

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ކެންޑިޑޭޓު ނަންބަރު 1 ގ.ކެނެރީގެ މުޙައްމަދު ނަޝީދު (އަންނި) އާއި، ކެންޑިޑޭޓް ނަންބަރު 2 ހުދުވިލާގެ ލ.ފޮނަދޫ އިބްރާހީމް މުޙައްމަދު (ވާޑު) ގެ އިތުރުން ކެންޑިޑޭޓް ނަންބަރު 3 ގ.ބަރޯސާ މީކާއީލު އަޙްމަދު ނަސީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.