ޕީއެންސީގެ އާ ސެކްރެޓަރީ ޖެނެރަލަކަށް މޫސާ ފަތުހީ އައްޔަނުކުރައްވައިފި

ޕީއެންސީގެ އާ ސެކްރެޓަރީ ޖެނެރަލަކަށް މޫސާ ފަތުހީ އައްޔަނުކުރައްވައިފި

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 10:13
0

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް މިއަދު ހަމަޖައްސަވައިފިއެވެ.

ޕީއެންސީގެ އެސްޖީގެ މަގާމަށް ފަތުހީ އައްޔަނުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވަމުން މުއާޒް ވިދާޅުވެފައިވަނީ، އެއީ ވަރަށް ބޮޑަށް ވަގުތު ހުސްކުރަންޖެހޭ މަގާމަކަށް ވުމާއެކު، ޕާޓީގެ ކުރިއެރުމަށްޓަކައި އެ މަގާމަށް އެންމެ އެކަށީގެންވާ ވަގުތު ދެއްވޭނެ ބޭފުޅަކު ހުރުން މުހިންމު ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އެސްޖީގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންނެވި ފަތުހީއަކީ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާފައެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ. ފަތުހީ މިހާރު ފުރުއްވަމުން ގެންދަވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާގެ ބޯޑު މެންބަރުކަމުގެ މަގާމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.