ވައިގެމަގުން ރާއްޖެއަށް 1 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ އަންހެނަކު ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެއަށް 1 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ އަންހެނަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
19 އޭޕްރިލް 2026 09:27
0

ވައިގެމަގުން ރާއްޖެއަށް އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ކ. ތުލުސްދޫ ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ. މީގެ ތެރެއިން ޢަލްޔާ ހައްޔަރުކުރީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރުމުންނެވެ.

ހަމަ އެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އާމިނަތު ރޫނާ ވަނީ ހައްޔަރުކޮށްފައެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 15 ދުވަހުގެ މުއްދަތަށް ދެމީހުންވެސް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.