މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި

މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި

Author
އަހުމަދު
14 އޭޕްރިލް 2026 05:50
0

ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތްތެރިވުމުގެ 42 ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕީޖީ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެޕްރީލް 11 ވަނަ ދުވަހުއެވެ. ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން އެދިފައިވަނީ، ދަށު ކޯޓުން މައްސަލައިގެ ހެކި ވަޒަންކޮށްފައިވަނީ އަދި ޚިޔާނާތުގެ ކުށުގެ އުންސުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މިއީ މަދަނީ މައްސަލައެއްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާޠިލުކޮށް، އަޙްމަދު މޫސާގެ މައްޗަށް ކުރި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށްވެސް ދައުލަތުން ވަނީ އެދިފައެވެ.

މީގެ އިތުރުން، މި މައްސަލައިގެ އިސްތިއުނާފު މަރުޙަލާ އެއްކޮށް ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ރާއްޖެއިން ފުރުން މަނާކޮށްދިނުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދުމާ ގުޅިގެން، ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެޕްރީލް 13 ވަނަ ދުވަހު ވަގުތީ އަމުރެއްވެސް ނެރެދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.