ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" ފްލެޓްތަކުގެ ކުލި ގާތްގަނޑަކަށް 10،000 ރުފިޔާއަށް!

ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" ފްލެޓްތަކުގެ ކުލި ގާތްގަނޑަކަށް 10،000 ރުފިޔާއަށް!

Author
ޙަސަން މުޙައްމަދު
25 މާރޗް 2026 09:28
0

ބީއެމްއެލް އިން ތަރައްޤީކުރާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ދަށުން އަޅާ 3 ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ ގާތްގަނޑަކަށް 10،000 ރުފިޔާކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ކުލީގެ ގޮތުގައި ނަގާނެ ސީދާ އަދަދެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އަންދާޒާކުރެވޭ ހިސާބުތަކަށް ބަލާއިރު މިއީ އާންމުންނަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެއެވެ. މިހާރު މާކެޓުގައި 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި 25،000 އާއި 30،000 ރުފިޔާއާ ދެމެދުގައި އުޅޭއިރު، ބީއެމްއެލްގެ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހުސް 3 ކޮޓަރީގެ އެޕާޓްމަންޓްތައް އަތްފޯރާ ފަށެއްގައި ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގައި ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 3،260 ފްލެޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް އަމާޒުހިފާފައިވެއެވެ.

"ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ އާންމު ރައްޔިތުންނަށް ވަރަށް ފަހި ފުރުސަތެކެވެ. ސަބަބަކީ މިއީ "ލީސް-ޓު-އޯން" މޮޑެލްއަށް ބިނާކޮށް، ކުއްޔަށް ހިފުމަށްފަހު ފަސޭހަކަމާއެކު އެތަނެއް މިލްކުކުރެވޭނެ މަގު ތަނަވަސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫޢަކަށް ވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.