އެސްޓީއޯގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލެއްވި ދެ ބޭފުޅުންގެ ނަން އިއުލާންކޮށްފި

އެސްޓީއޯގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލެއްވި ދެ ބޭފުޅުންގެ ނަން އިއުލާންކޮށްފި

Author
ޙަސަން މުޙައްމަދު
15 މާރޗް 2026 05:53
0

ކުރިއަށް އޮތް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާނެ މެންބަރަކު ހޮވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ދެ ބޭފުޅެއްގެ ނަން އެ ކުންފުނިން އާންމުކޮށްފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާލި މި ފުރުސަތުގައި ބޯޑަށް ކުރިމަތިލައްވާފައިވަނީ، މިހާރުވެސް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަހްސަން ސަލީމްގެ އިތުރުން ޢަބްދުﷲ ޔާސިރެވެ. މީގެ ތެރެއިން ޢަބްދުﷲ ޔާސިރަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ކެޕިޓަލް މާކެޓްގައިވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯއިން އަންނަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %3 ގެ ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.